Advertisement

ހޯމް މިނިސްޓަރ ޢަލީ އިޙްސާން --

06 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

ބޮޑެތި ކުށްތަކުގައި މުއްދަތެއް ނެތި ބަންދުކޮށްފައިވާ މީހުންނަށް ލުއިދޭން ޤާނޫނަށް ބަދަލު ގެންނަނީ

މީހުން މެރުމާއި މާރާމާރީ އާއި ޓެރަރިޒމަމާއި އަދި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުންފަދަ މައްސަލަތަކުގައި، މުއްދަތެއް ނެތް ގޮތަށް، ޝަރުޢީ ޙުކުމެއް ނެތި، ޖަލުގައި ބަންދުކޮށްފައިވާ ފަރާތްތަކަށް, ޤާނޫނަށް ބަދަލުގެނެސްގެން ލުއިތައް ދިނުމަށް މަސައްކަތް ކުރައްވަމުންގެންދަވާ ކަމުގައި ހޯމް މިނިސްޓަރ ޢަލީ އިހްސާން ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓްރީގެ ދަށުން ހިންގާ މުއައްސަސާތަކުގެ މަސައްކަތްތަކާއި ގުޅޭ ގޮތުން މީޑިއާތަކަށް މައުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރ ޢަލީ އިޙްސާން ވިދާޅުވީ، ޝަރުޢީ ހުކުމެއްނެތި އަދި މުއްދަތެއް ނެތި (ވާނުވާ ބަންދުގައި) ޖަލުގައި މީހުން ބަންދުކޮށްފައި ބައިތިއްބަން ޖެހުމަކީ އެކަމާއި މެދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވެސް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އެހެންކަމުގައި އެކި ކުށްތަކުގައި މުއްދަތެއް ނެތި ޖަލުގައި ބަންދުކުރެވިފައިވާ ފަރާތްތަކަށް ލުއިދެވޭނެ ގޮތްތަކާއި ގުޅޭ ގޮތުން، ބަންޑާރަ ނައިބާއި މަޝްވަރާކުރައްވައި، ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްވެސް މަސައްކަތް ކުރައްވަމުންދާ ކަމުގައި އިޙްސާން ވިދާޅުވިއެވެ. 

"އެޓާނީ ޖެނެރަލްގެ އޮފީހުން ރައީސްގެ އެންގެވުމާއި އެއްގޮތަށް، ބެއިލްގެ ޤާނޫނަށް (ކަފާލާތުގެ ޤާނޫނަށް) އަވަސް އިސްލާޙްތަކެއް ގެނައުމުގެ މަސައްކަތް ކުރަމުން އެބަދޭ. ހަމަ އެއާއިއެކު ޖިނާޢީ އިޖުރާއަތުގެ ޤާނޫނާއި، ޤާނޫނުލް ޢުޤޫބާތަށް ގެންނަންޖެހޭ އިސްލާޙްތައް ވާނުވާގައި ގިނަދުވަސް ވަންދެން މީހުން ނުތިބެވޭ ގޮތަށް ގެންނަން ޖެހޭ އިސްލާޙްތައް ގެނައުމުގެ މަސައްކަތް ކުރިޔަށް އެބަ ގެންދޭ." 

ހޯމް މިނިސްޓަރ ޢަލީ އިޙްސާން -

މީގެ އިތުރުން މިނިސްޓަރ އިޙްސާން ވިދާޅުވީ، ވާނުވާ ބަންދުގައި ތިބި މީހުންގެ މައްސަލަތައް ބަލަމުން ގެންދާ ކަމަށާއި އަދި އޭގެ ތެރޭގައި ލުޔެއް ދެވިދާނެ މީހުން އެބަތިބިތޯ ބެލުމަށް، ކޯޓާއި ޕީޖީއާއި އަދި މިނިސްޓްރީން ގުޅިގެން ދަނީ މަސައްކަތް ކުރަމުން ކަމުގައިވެސް މިނިސްޓަރ އިހްސާން ވިދާޅުވިއެވެ. 

ހޯމް މިނިސްޓަރު އިޙްސާން ވިދާޅުވީ، މުއްދަތެއް ނެތި އަދި ވާނުވާ ގޮތެއް ނޭނގި ބަންދުގައި މީހުން ތިބެން ޖެހުމުގެ އަސްލަކީ، ކޯޓުތަކުގައި މައްސަލަ ދިގުލައިގެން ދިޔުން ކަމަށް ވާތީ، ކޯޓުތަކާއި ގުޅިގެން މައްސަލަ އަވަސް ކުރެވޭނެ ގޮތްތަކެއް ހޯދުމަށް ކުރެވުނު މަސައްކަތުން، ޚާއްޞަކޮށް ކްރިމިނަލް ކޯޓަށް އެންމެ ބޮޑަށް ދިމާވެގެން އުޅޭ، ޖާގައިގެ ދަތިކަން ހައްލު ކުރުމަށްޓަކައި، މިހާރު ސަރުކާރުން ވަނީ ހުޅުމާލޭގައި، ގާއިމްކޮށްފައިވާ ކޮވިޑް ފެސިލިޓީ ކޯޓް ކޮމްޕްލެކްސްއެއް ޤާއިމްކުރުމަށް ދޫކޮށްފައި ކަމަށެވެ. އަދި އެތަން ހެދުމުގެ މަސައްކަތް މިހާރު ކުރިޔަށްދާ ކަމުގައިވެސް މިނިސްޓަރ އިޙްސާން ވިދާޅުވިއެވެ.

މިނިސްޓަރ އިހްސާން ވިދާޅުވީ، ރަމަޟާން މަސް ނިމުމުގެ ކުރިން ކުރިން ކޮވިޑް ފެސިލިޓީ ހިންގިތަނުގައި ހަދާ ކޯޓް ކޮމްޕްލެކްސްގެ މަސައްކަތް ނިމި އެތަން ކްރި މިނަލްކޯޓާއި ހަވާލުކުރުމަށްވެސް މަސައްކަތްތައް ކުރައްވަމުން ގެންދަވާ ކަމަށެވެ.

މުއްދަތެއް ނެތްގޮތަށް ޖަލުގައި ބަންދުކޮށްފައި ތިބި މީހުންގެ ތެރޭގައި 450ވުރެ ގިނަ މީހުން ތިބި އިރު، އޭގެ ތެރޭގައި، ޝަރީއަތް ނުނިމި ޖަލު ބަންދުގައި މިހާރު 9 އަހަރު ހޭދަކޮށްފައިވާ މީހުންވެސް އެބަ ތިއްބެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.