Advertisement

ފިނޭންސް މިނިސްޓްރީ ހިންގާ އިމާރާތް --

06 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

ކުރީ ސަރުކާރުން ހެދި ސެޓްލްމެންޓް ކޮމިޓީން ނިންމި ނިންމުތައް ތަންފީޒް ނުކުރުމަށް އަންގައިފި

ކުރީ ސަރުކާރުން ހެދި ސެޓްލްމެންޓް ކޮމިޓީން ދިހަ ފަރާތަކަށް ބަދަލު ދިނުމަށް ނިންމާފައިވާ ނިންމި ނިންމުތައް ތަންފީޒް ނުކުރުމަށް ފިނޭންސް މިނިސްޓްރީއަށް އަންގާފައިވާ ކަމުގައި ބަންޑާރަ ނައިބު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އުޝާމް މިހެން ވިދާޅުވީ، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބަންޑާރަ ނައިބުގެ އޮފީހުން ކޮށްފައިވާ މަސައްކަތްތަކާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އުޝާމް ވިދާޅުވީ، ކުރީ ސަރުކާރުން އުފެއްދި ސެޓްލްމެންޓް ކޮމިޓީން ބަދަލުދިނުމާއި ގުޅޭ ގޮތުން ހަދާފައިވާ އުސޫލުވެސް އުވާލައްވާފައިވާ ކަމަށެވެ. އަދި އެކޮމިޓީ 10 ފަރާތަކަށް ބަދަލު ދިނުމަށް ނިންމާފައި ވާއިރު، ބަދަލުގެ ގޮތުގައި ދޭން ކަނޑައަޅި ރަށްރަށާއި ފަޅުފަޅާއި އަދި ފައިސާ އާއިއެކު ޖުމުލަ އަގު އެއްބިލިއަން ދިވެހިރުފިޔާއަށްވުރެ މަތި ކަމަށެވެ.

ބަންޑާރަ ނައިބު ވިދާޅުވީ، ކުރިން އުފައްދާފައި އޮތް ސެޓްލްމެންޓް ކޮމިޓީގެ ނިންމުންތައް ބަލައި ދިރާސާކުރި އިރު، އޭގެ ތެރެއިން ބައެއް މައްސަލަ ތަކަކީ ކޯޓުގައި ހިނގަމުން ދިޔަ މައްސަލަތައް ކަމަށާއި އަދި އެމައްސަލަތަކަކީ އެފަރާތްތަކަށް ކާމިޔާބުވެދާނެ މައްސަލަތައް ކަމަށްވެސް ނުބެލެވޭ މައްސަލަތައް ކަމަށެވެ. އެހެން ނަމަވެސް އެފަރާތްތަކަށްވެސް ބަދަލު ދިނުމަށް ނިންމާފައިވާތީ އެނިންމުންތައް އަލުން ބަލައި، ބަންޑާރަ ނައިބުގެ އޮފީހުން ލަފައެއް ދެއްވަންދެން، ކުރީ ސަރުކާރުން ބަދަލުދޭން ނިންމާފައިވާ ފަރާތްތަކަށް ބަދަލު ދިނުމުގެ މަސައްކަތް ކުރިޔަށް ނުގެންދިޔުމަށް އެންގެވީ ކަމަށެވެ.

އެހެން ނަމަވެސް އެމައްސަލަތަކާއި ގުޅޭ ތަފްސީލްތަކެއް ބަންޑާރަ ނައިބުގެ އޮފީހުން ހާމައެއް ނުކުރައްވައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.