Advertisement

ހޯމް މިނިސްޓަރ ޢަލީ އިޙްސާން --

05 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

މަސްތުވާތަކެތީގެ މައްސަލަތަކުގައި އުމުރަށް ޖަލަށް ލާފައިވާ 314 މީހަކު ވަނީ ދޫކޮށްލާފައި: ހޯމް މިނިސްޓަރު

މަސްތުވާތަކެތީގެ މައްސަލަތަކުގައި އުމުރަށް ޖަލަށް ލާފައިވާ 314 މީހަކު މިދިޔަ ދައުރުގެ ތެރޭގައި ވަނީ ދޫކޮށްލާފައިކަމަށް ހޯމް މިނިސްޓަރ ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އިހްސާން މިހެން ވިދާޅުވީ، ހޯމް މިނިސްޓްރީ އާއި އެމިނިސްޓްރީގެ ދަށުގައިވާ މުއައްސަސާތަކުން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މިނިސްޓަރ އިހްސާން ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލަތައް ހައްލު ކުރުމުގައި އެއީ ދިމާވާ ވަރަސް ބޮޑު ގޮންޖެހުމެއް ކަމަށެވެ. އަދި މަސްތުވާތަކެތީގެ މައްސަލަތަކާއި ކުށްތައް ސާބިތު ކުރުމަށް ފުލުހުންނާއި ޕްރޮސެކިއުޓަރ ޖެނެރަލް ވަރަށް ބުރަ މަސައްކަތްތަކެއް ކުރަންޖެހޭކަންވެސް މިނިސްޓަރ އިހްސާން ފާހަގަކުރެއްވިއެވެ. 

"މަސްތުވާތަކެތީގެ މައްސަލަތަކުގައި އުމުރަށް ޖަލަށް ލާފައި ތިބި މީހުންގެ ތެރެއިން، 314 މީހަކަށް އެބައިން، ފާއިތުވި 5 އަހަރުގެ ތެރޭގައި މަޢާފް ދެވިފައި. އުމުރަށް ޖަލަށް މީހަކު ލެވެނީ، ފުލުހުން ކުރާ ވަރަށް ބުރަ މަސައްކަތުން، އޭނާ ޑްރަގް ޓްރެފިކް ކުރި ކަމުގެ ތަޙްޤީޤެއް ނިމި، ޕްރޮސެކިއުޓް ކުރެވި، އެތައް ދުވަހެއްގައި ކޯޓު މަރުހަލާގައި ހިނގަމުން ގޮސް، ޝަރީއަތަކުން މީހެއްގެ މައްޗަށް މިފަދަ ކުށެއް ސާބިތުވަނީ." 

ހޯމް މިނިސްޓަރ ޢަލީ އިޙްސާން 

މަސްތުވާތަކެތީގެ މައްސަލަތަކުގައި އުމުރަށް ޖަލަށް ލާފައިވާ 314 މީހުން ނިމިދިޔަ 5 އަހަރުގެ ތެރޭގައި މަޢާފްދީ ދޫކޮށްލާފައިވާކަމަށް ހޯމް މިނިސްޓަރު ފާހަގަކުރެއްވި ނަމަވެސް އެކަމާއި ގުޅޭ ތަފްސީލެއް އެމަނިކުފާނު ހާމައެއް ނުކުރައްވައެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުންވެސް ވަނީ މިފަދަ މައްސަލައެއް މިހަފްތާގެ ތެރޭގައި ފާހަގަކޮށްފައެވެ. މިގޮތުން މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލާފައި ހުރި މީހަކު މިނިވަން ވެފައިވާތީ އެކަމުގެ ކަންބޮޑުވުން ފަނޑިޔާރުން ފާޅުކުރައްވާފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.