Advertisement

05 Mar 2024
ޚަބަރު
މިފްތާޙް މުޙައްމަދު

ފޭސްބުކް ބޭނުންކުރުމުގައި ދަތިތަކާ ކުރިމަތިވެއްޖެ

ދުނިޔޭގެ އެންމެ ބޮޑު ސޯޝަލް މީޑިއާ ޕްލެޓްފޯމް، ފޭސްބުކަށް ލޮގިން ނުވެވިގެން ވަރަށް ގިނަ ގައުމުތަކުން ރިޕޯޓުކުރަން ފަށައިފިއެވެ.

ގިނަ ބަޔަކު ރިޕޯޓުކޮށްފައިވާ ގޮތުގައި، ފޭސްބުކް އެޕްލިކޭޝަނަށް ވަނުމުން، "ސެޝަން އެކްސްޕަޔާޑް" ކަމަށް އަރާފައި ދެން ދަނީ ލޮގިންވުމަށެވެ. ބައެއް މީހުނަށް ލޮގިން ވެވުނަސް، ކޮންޓެންޓު ލޯޑުވުމުގައި ވަނީ މައްސަލަތައް ކުރިމަތިވެފައެވެ. ރާއްޖޭގައި ފޭސްބުކް ބޭނުންކުރާ ގިނަ ބަޔަކަށް ވެސް މިކަން ތަޖުރިބާ ކުރެވިފައިވަނީ އެ ގޮތަށެވެ.

"ޑައުންޑިޓެކްޓަރ" އިން ފާހަގަކޮށްފައިވާ ގޮތުގައި، ދުނިޔޭގެ އެކިކަންކޮޅުތަކުން މި މައްސަލަ ރިޕޯޓުކުރަން ފަށާފައިވަނީ ރާއްޖެ ގަޑިން 7:58 ގައެވެ. "ޑައުންޑިޓެކްޓަރ" އަކީ އިންޓަނެޓް، ސޯޝަލް މީޑިއާ، ވެބް ހޯސްޓިން ޕްލެޓްފޯމް، ބޭންކް، ގޭމް، މުނިފޫހިފިލުވުން، އަދި އެހެނިހެން މުހިންމު ހިދުމަތްތަކަށް ދިމާވާ ބުރޫއެރުންތައް ދެނެގަތުމަށް އެހީތެރިވެދޭ ވެބްސައިޓެކެވެ.

ފޭސްބުކްގެ އިތުރުން މެޓާ ޕްލެޓްފޯމުގައި ހިމެނޭ އިންސްޓްގާރާމާއި މެސެންޖާ ބޭނުންކުރުމަށް ވެސް ވަނީ ބުރޫއަރާފައެވެ. 

މިކަމުގެ ސަބަބެއް އަދި މެޓަ ސަޕޯޓު ޓީމުން ހާމައެއް ނުކުރެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.