Advertisement

އަޙްމަދު ޢީސާ - އެމްޑީޕީގެ މަޖިލިސް އިންތިޚާބުގެ ސްޕޯކްސްޕަރސަން

13 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމަކީ ރައްޔިތުންގެ މަޖިލީހުން ކުރަން ޖެހޭ ކަމެއް ނޫން: އީސަ

ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމަކީ ރައްޔިތުންގެ މަޖިލީހުން ކުރަން ޖެހޭ ކަމެއް ނޫންކަމުގައި، އެމްޑީޕީގެ މަޖިލިސް އިންތިޚާބުގެ ސްޕޯކްސް ޕަރސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަޙްމަދު އީސާ ވިދާޅުވެއްޖެއެވެ.

މެމްބަރު ޢީސާ މިހެން ވިދާޅުވީ، އެމްޑީޕީގެ މަޖިލިސް އިންތިޚާބުގެ ކަންކަމާއި ގުޅޭ ގޮތުން މީޑިއާއަށް މައުލޫމާތު ދެއްވުމަށް އަންގާރަ ދުވަހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މެމްބަރު އީސަ ވިދާޅުވީ، ކައުންސިލްތަކުގެ މުވައްޒަފުންގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމާއި ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅަކީ ކަނޑައެޅިގެން އިތުރުފުޅެއް ކަމަށެވެ. އަދި ކައުންސިލް މުވައްޒަފުންނާއި ސިވިލް ސަރވިސް އެހެން މުވައްޒަފުންގެ މުސާރަތައް ބޮޑު ކުރުމުގައި ކުރަންޖެހޭ އިދާރީ ކަންކަން ކުރުމުގައި ރައްޔިތުންގެ މަޖިލީހުގެ ދައުރެއް ނޯންނާނެ ކަމުގައި އީސަ ވިދާޅުވިއެވެ. އީސަ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ކުރަންޖެހޭ ކަންކަން އޮތީ ވަރަށް ސާފުކޮށް ކޮށްފައި ކަމަށެވެ.

"ލާމަރުކަޒީ ޤާނޫނުގެ 127 ވަނަ މާއްދާގެ (ހ) އާއި 128 ވަނަ މާއްދާގައި ވަރަށް ސާފުކޮށް ބުނެފައި އެބައޮތް ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންނަކީ ކޮބައިކަން. އެ އިދާރީ މުވައްޒަފުންގެ ބަލަދުވެރިއަކީ ކޮބައިކަން. އަދި އެ އިދާރީ މުވައްޒަފުންގެ މުސާރަ އާއި ޢިނާޔަތްތައް ކަނޑައެޅުމުގައި އެޒިންމާ އަދާކުރާ ފަރާތަކީ ކޮބައިކަން. އެ ޢަމަލުކުރަންޖެހޭ އުސޫލަކީ ކޮބައިކަން ވަރަށް ސާފުކޮށް ލާމަރުކަޒީ ޤާނޫނުގައި ކަނޑައެޅި ބަޔާންކޮށްފައި އެބަހުރި. ލެވެލް ކަނޑައެޅުމަކީ، އެއީ ޕޭ ކޮމިޝަނުން ކުރައްވާ ކަމެއް. ރައްޔިތުންގެ މަޖިލީހުން ކުރާ ކަމެއް ނޫން."

އަހުމަދު އީސަ - އެމްޑީޕީގެ ކެމްޕޭން ތަރުޖަމާނު

މެމްބަރު ޢީސަ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން ކުރާ ކަމަކީ، ކައުންސިލަރުންގެ މުސާރަތަކަށް ބަދަލުގެންނަން ޖެހިއްޖެ ހާލަތެއްގައި އެކަންކުރުން ކަމަށާއި، ރައްޔިތުންގެ މަޖިލީހުން އައީ އެކަން ކުރަމުން ކަމަށެވެ. އަދި އެމްޑީޕީގެ ސަރުކާރު ބަދަލުވި އިރު އޮންނާނީ ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށްޓަކައި އިދާރީގޮތުން ކުރަންޖެހޭ ހުރިހާކަމެއްކޮށް ނިންމާފައި ކަމަށެވެ. މިގޮތުން ޕޭކޮމިޝަނާއި އެކު ކުރެވުނު މަޝްވަރާތަކުގެ އަލީގައި، އެމުސާރަތަކަށް ބަދަލު ގެނައުމަށްޓަކައި ބަޖެޓުގައި ހިމަނަންޖެހޭ ފައިސާ ރައްޔިތުންގެ މަޖިލީހުން ބަޖެޓުގައި ވާނީ ހިމަނާފައި ކަމުގައިވެސް އީސަ ވިދާޅުވިއެވެ.

މީގެ އިތުރުން އީސަ ވިދާޅުވީ، މުސާރަތައް އެއް ހަމަ ކުރުމަށް ޕޭ ކޮމިޝަނުން ކަނޑައަޅާފައި އޮތް އޮނިގަނޑަށް ބޭނުންވާ 500 މިލިޔަން ރުފިޔާވެސް ވާނީ، ބަޖެޓުގައި ހިމަނާފައި ކަމަށެވެ. އެހެންކަމުން ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ އާއި ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅަކީ ބުހުތާނު ދޮގެއް ކަމުގައި އީސަ ވިދާޅުވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.