Advertisement

ހުޅުމާލޭގައި ހުޅުވި ފަރުމަސް މާރުކޭޓް -- ފޮޓޯ: އެޗްޑީސީ

10 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

ރަމަޟާން މަހަށް ޚާއްޞަކޮށް ފޭސްް 2 ގައި މަސްމާރުކޭޓެއް ހުޅުވައިފި

ރަމަޟާން މަހަށް ޚާއްޞަކޮށް ހުޅުމާލެ ފޭސް 2ގައި އެޗްޑީސީން މަސްމާރުކޭޓެއް މިއަދު ހުޅުވައިފިއެވެ.

އެޗްޑީސީން ބުނީ، މިމަސް މާރުކޭޓް ހުޅުވާފައި ވަނީ، ހުޅުމާލެ ފޭސް 2 ގެ ޑިންގީ ހާބަރު ސަރަހައްދުގައި ކަމަށެވެ. މިގޮތުން އެ މަސް މާރުކޭޓަކީ ޚާއްޞަކޮށް ފަރުމަހުގެ މަސްވެރިކަން ކުރާ ފަރާތްތަކަށް ޚާއްޞަކުރެވިގެން ހުޅުވުނު މާރުކޭޓެއް ކަމުގައިވެސް އެޗްޑީސީން ވަނީ ބުނެފައެވެ. 

މަސް މާރުކޭޓުގެ އިތުރުން، އެޗްޑީސީން ވަނީ ވަނީ ހިޔާ ސަރަހައްދުގައި ލޯކަލް މާރުކޭޓެއްވެސް ހުޅުވާފައެވެ. އެގޮތުން އެޗލޯކަލް މާރުކޭޓުގެ ގޮޅިތައް މިހާރު ވަނީ ހަވާލުކުރެވިފައި ކަމަށާއި، ރޯދަ މަސް ފެށުމާއި އެކު މި ލޯކަލް މާރުކޭޓު ހުޅުވި، ރޯދަ މަހުން ފެށިގެން ދެމަސް ދުވަހަށް ކުރިއަށް އެމާރުކޭޓު ކުރިޔަށް ގެންދެވޭނެ ކަމުގައިވެސް އެޗްޑީސީން ބުނެފައިވެއެވެ.

މި ލޯކަލް މާރުކޭޓު ހަދާފައު ހުރީ، ހިޔާ ފްލެޓް 1 އަދި 2  އަދި ވިނަރެސް 9،10 ހުންނަ ސަރަހައްދުގައެވެ. މި މާރުކޭޓުގެ ބޭނުމަކީ އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް މޭވާ އަދި ތަރުކާރީ އަދި އެހެނިހެން ބާވަތްތައް ފަސޭހަކަމާއިކު ލިބޭނެ ގޮތް ހަމަޖައްސައިދިނުންކަމުގައިވެސް އެޗްޑީސީން ވަނީ ބުނެފައެވެ.

ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމަށްޓަކައި އެޗްޑީސީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.