Advertisement

ރާއްޖޭގައި އޮތް އިންޑިއާގެ ހެލިކޮޕްޓަރު --

12 Mar 2024
ޚަބަރު

އައްޑޫގައި ތިބި ސިފައިން ފުރައިގެން ގޮސްފައިވާ ކަމުގައި ސަރުކާރުން ބުނެފި

އިންޑިއާ ސިފައިން ދިވެހިރާއްޖެއިން އަނބުރާ ގެންދިޔުމަށް އިންޑިއާ އާއި ދިވެހިރާއްޖެއިން ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް މާރިޗު 10ގެ ކުރިން އިންޑިއާ ސިފައިންގެ ފުރަތަމަ ގުރޫޕް ރާއްޖެއިން ފުރައިގެން ގޮސްފައިވާ ކަމުގައި ސަރުކާރުން ބުނެފިއެވެ.

ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ދެ ޤައުމުގެ ދެމެދުގައި ވެވިފައިވާ އެއްބަސްވުމާއި އެއްގޮތަށް ޢަމަލު ކުރެވެމުން އަންނަ ކަމަށެވެ. އަދި ބާކީ ތިބި ސިފައިން މެއި މަހު ރާއްޖެއިން ގެންދާނެ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

ސަރުކާރުން ބުނެފައި ވަނީ، ރާއްޖޭގެ ތިން އޭވިއޭޝަން ޕްލެޓްފޯމެއްގައި އިންޑިއާ ސިފައިން ޤާައިމްވެ ތިބި ކަމަށެވެ. އަދި އިންޑިއާ ސިފައިންގެ ބަދަލުގައި ރާއްޖޭގައި އިންޑިއާގެ ސިފައިންގެ ބަދަލުގައި ބޭތިއްބުމަށް އެއްބަސްވެފައިވާ އާއްމު މީހުން ރާއްޖެއައިސްފައިވާ ކަމުގައިވެސް މާރިޗު 6 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑިފެންސް މިނިސްޓްރީން ވިދާޅުވިއެވެ.

އެދުވަހު ޑިފެންސް މިނިސްޓްރީން ވިދާޅުވީ، އައްޑޫގައި ތިބި ސިފައިންގެ ބަދަލުގައި އެޕްލެޓްފޯމަށް އައިސްފައި ވަނީ އިންޑިއާއިން ފޮނުވި އެޤައުމުގެ އާއްމު މީހުން ކަމަށާއި، އެއީ ޖުމުލަ 26 މީހުން ކަމަށެވެ. ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ބަދަލުގައި އިންޑިއާ ސިފައިންގެ ފަރާތުން ރާއްޖެއަށް ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރާއި މަތިންދާ ބޯޓު ދުއްވުމަށް ދެން ތިބޭނީ އެޤައުމުގެ އާއްމުން ކަމުގައި ސަރުކާރުން ވަނީ ބުނެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.