Advertisement

އެކްސިޑެންޓް ވި މަންޒަރުފެންނަ ވީޑިއޯގެ ސްކްރީން ޝޮޓެއް ---

12 Mar 2024
ޚަބަރު

ޕާކުކޮށްފައި އޮތް ކާރެއްގައި ޖެހި އެކްސިޑެންޓެއް ހިނގުމުން ރިޕޯޓް ނުކުރި ދެ އަންހެނަކު ހޯދަން ފުލުހުން އިޢުލާނުކޮށްފި

ހުޅުމާލެ ފޭސް 1 ގައި މަގުމަތީގައި ޕާކުކޮށްފައި އޮތް ކާރެއްގައި ޖެހި އެކްސިޑެންޓްވުމުން، އެ އެކްސިޑެންޓް ފުލުހުންނަށް ރިޕޯޓް ނުކޮށް ދިޔަ ބައެއްގެ މައުލޫމާތު ހޯދަ ފުލުހުން ވީޑިއޯ އާއްމުކޮށްފިއެވެ.

ފުލުހުން މިއަދު އާއްމުކޮށްފައިވާ ވީޑިއޯއެއްގައި ފެންނަނީ ދެން އަންހެނަކު އެމީހުން ދުއްވާފައި ދިޔަ ސައިކަލު ކާރެއްގައި ޖެހި އެކްސިޑެންޓްވެ ވެއްޓުމުން އެސައިކަލް ނަގަން އުޅޭ މަންޒަރެވެ. ފަހުން އެހެން ބަޔަކުވެސް އެތަނަށް އަންނަ އިރު، އެކްސިޑެންޓްވި ސައިކަލުގައި ހުރި އަންހެންމީހާ އާއެކު، ދެން ހުރި މީހާ އެތަނުން ދަނީ އެތަނަށް އަންނަ އެހެން މީހެއްގެ ސައިކަލް ފަހަތުގައެވެ.

އެކްސިޑެންޓްވުމުން ރިޕޯޓް ނުކޮށް ދިޔަ މީހުން ހޯދަން ފުލުހުން އާއްމުކޮށްފައި ވަނީ ސީސީޓީވީ ފުޓޭޖެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެވީޑިއޯއިން ފެންނަ މީހުންނަކީ، ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުންދާ، އެކްސިޑެންޓް މައްސަލައަކާ ގުޅިގެން އެކްސިޑެންޓް ވުމުން ރިޕޯޓްނުކޮށް ސީން ދޫކޮށް ގޮސްފައިވާ މައްސަލައަކާ ގުޅިގެން ހޯދަންބޭނުންވެ، އެމީހުންނަކީ ކޮންބައެއްކަން ދެނެގަނެވިފައިނުވާތީ ހޯދިފައިނުވާ މީހުންނެވެ.

އެހެންވެ އެ ވީޑިއޯއިން ފެންނަ މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެމަޢުލޫމާތެއް ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަންގެ ނަންބަރު 9980062 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭ ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވަނީ ވިދާޅުވެފައެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.