Advertisement

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް --

12 Mar 2024
ޚަބަރު

މަޖިލީހުގެ ކަންކަން ނިންމުމުގައި ޖުމުލަ އަދަދުކަމުގައި ބަލާނީ 80 ކަމުގައި މަޖިލީހުގެ ތަޅުމުން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ކަންކަން ނިންމުމުގައި ޖުމުލަ އަދަދެއް ކަމުގައި ބަލާނީ 80 ކަމުގައި މަޖިލީހުގެ ތަޅުމުން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގައި އާއްމު ކޮމިޓީން ފާސްކޮށްގެން، މީގެ ކުރިންވެސް މަޖިލީހުން އަމަލުކުރަމުން ގޮތަށް މަޖިލީހުގެ ޖުމުލަ އަދަދަކީ 80 މެމްބަރު ކަމުގައި، ފާސްކުރެއްވުމަށް މަޖިލީހަށް ހުށައެޅުއްވީ، ވިލިގިލީ ދާއިރާގެ މެމްބަރު ސަޢުދު ޙުސައިނެވެ. މިމައްސަަލައިގައި، މަޖިލީހުގައި ނެގި ވޯޓުގައި، މަޖިލީހުގެ އަދަދަކީ 80 މެމްބަރު ކަމުގައި ބަލައިގެން ކަންކަން ނިންމުމަށް މަޖިލީހުން ފާސްކުރީ، 23 މެމްބަރުންގެ ވޯޓާއި އެކުގައެވެ. ދެކޮޅަށް 2 މެމްބަރަކު ވޯޓު ދެއްވި އިރު، ވޯޓުގައި ބައިވެރިވަޑައިނުގެން 25 މެމްބަރުން ތިއްބެވިއެވެ.

މިމައްސަލަ އާއި ގުޅޭ ގޮތަށް ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވިދާޅުވީ، މަޖިލީހުގެ ޖަލްސާއެއްވެސް އެއްވެސް މަސައްކަތެއްވެސް ކުރިޔަށް ގެންދެވޭނީ، މަޖިލީހުގެ ކޯރަމްގައި ދިމާވާ މައްސަލަ ހައްލު ކުރެވިގެން ކަމަށެވެ.

"މަޖިލިސް ފެއްޓުމުގައި އަޅުގަނޑު މުޅި މަޖިލީހުގެ ޖުމުލަ އަދަދަކީ 87 މެމްބަރުން ކަމުގައި ބަލައި އަދި މަޖިލިސްގެ ކޯރަމް ހަމަވާ އަދަދަކީ 22 ކަމުގައި ބަލައިގެން ކުރިޔަށް ގެންދިޔުމުންވެސް ބައެއް އިއްޒަތްތެރި މެމްބަރުންގެ ކަންބޮޑުވުންތައް ވެސް އެކަމުގައި އެބަހުރި"

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް --

މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވިދާޅުވީ، ސްޕްރީމްކޯޓުންކޮށްފައިވާ ޙުކުމް ދެމި އޮތް ކަމަށާއި، އަދި އެކޯޓުން އެނިންމެވުން ނިންމެވީވެސް ޤާނޫނު އަސާސީން އެކޯޓަށް ލިބިގެންވާ ބާރުގެ ތެރެއިން ކަމުގައި އެމަނިކުފާނަށް ޤަބޫލު ކުރެވޭ ހައި ހިނދަކުގައި، އެހުކުމް އެހެން އޮއްވައި އެނޫން ގޮތަކަށް ޢަމަލުކުރެއްވުމަށް ދަތިފުޅުވާ ކަމަށެވެ.

މަޖިލީހުގެ ޤަވާއިދުގެ 49 ވަނަ މާއްދާ އިސްލާޙްކޮށް، މަޖިލީހުގެ އަދަދު ގުނުމުގައި ބަލާނީ މެމްބަރުންގެ ޢަދަދަކީ 80 ކަމަށް، ކޮމިޓީން ނިންމި ގޮތަށް މަޖިލީހުގެ ތަޅުމުން ފާސްކުރުމުން އެމާއްދާތައް ޤާނޫނު އަސާސީއާ ޚިލާފްކަމަށް ބުނެ ސްޕްރީމްކޯޓަށް ހުށައެޅި ބަންޑާރަ ނައިބުގެ ފަރާތުންނެވެ. އެމައްސަލައިގައި ސްޕްރީމް ކޯޓުން ކަނޑައަޅާފައި ވަނީ މަޖިލީހުގެ ޖުމުލަ އަދަދު ކަމުގައި ބަލަން ޖެހޭނީ 87 މެމްބަރުން ކަމަށެވެ. 

19 ވަނަ ރައްޔިތުންގެ މަޖިލިސް ފެށުނު އިރު 87 މެމްބަރުން ތިއްބެވިއެވެ. އެހެން ނަމަވެސް މަޖިލީހުގެ 7 މެމްބަރަކު ސަރުކާރުގެ މަޤާމުތަކަށް ވަޑައިގެންނެވުމަށް ގޮނޑިތައް ދޫކޮށްލެއްވުމާއި އެކު، ރައްޔިތުންގެ މަޖިލީހުގައި ދެމި ތިއްބެވި މެމްބަރުންގެ އަދަދު 80 އަށް މަދުވި އެވެ. އަދި އެ މެމްބަރުން ގޮނޑިތަކުން އިސްތިއުފާ ދެއްވިއިރު، ހިނގަމުންދާ މަޖިލީހުގެ އުމުރު ހަމަވުމާއި ދެމެދު 6 މަސް ދުވަހުގެ މުއްދަތެއް ނެތުމުން އެގޮނޑިތަކަށް މެމްބަރުން އިންތިޚާބު ކުރާކަށް ނުޖެހެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.