Advertisement

މާލޭގެ މާވެޔޮމަގުގައި ހުރި ކުނި ފުންޏެއް --

10 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

ކުރިޔަށް އޮތް ތިން ދުވަހު އަމިއްލަ ވެހިކަލް ތަކުގައި ގެނެސް ކުނި އުކާލުމަށް ފީ ނުނަގަން ނިންމައިފި

އާއްމުރައްޔިތުން އަމިއްލަ ވެހިކަލް ތަކުގައި އުކާލުމަށް ގެންނަ ކުންޏަށް ނަގަމުން އަންނަ، އެންޓްރީ ފީ އާ ޑިސްޕޯސަލް ފީ ކުރިޔަށް އޮތް ތިން ދުވަހު ނުނަގާ ގޮތަށް ހަމަޖައްސައިިފިއެވެ.

ވެމްކޯއިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ މިރޭގެ 18:00 އިން ފެށިގެން މާރިޗު މަހުގެ 13 ވަނަ ދުވަހުގެ 23:00އާއި ހަމައަށް، ގުރޭޓާ މާލެ ސަރަހައްދުގައި ހުރި ވެމްކޯގެ ވޭސްޓް ޓްރާންސްފަރ ސެންޓަރުތަކަށް ގެންނަ ކުންޏަށް އެކުންފުނިން އެންޓްރީ ފީ އާ ޑިސްޕޯސަލް ފީ ވެސް ނުނަގާނެ ކަމަށެވެ. އެހެން ނަމަވެސް އެނޫން ފަރާތްތަކުގެ އަތުން ކުރިއެކޭވެސް އެއްގޮތަށް ފީތައް ނަގާނެ ކަމުގައި ވެމްކޯއިން ވަނީ ބުނެފައެވެ.

ވެމްކޯއިން ބުނީ އެގޮތަށް ހަމަޖެއްސީ ރޯދަ އާއި ދިމާކޮށް ބޮޑެތި ކުނި އުފައްދާ މިންވަރު އިތުރު އެކުނި އުކާލުމުގައި ހުރި ދަތިތަކާއި ކަންބޮޑުވުންތަކާއި ގުޅިގެންނެވެ. މިގޮތުން ހިލޭ އުކާލެވޭ ގޮތަށް ހަމަޖައްސާފައި ވަނީ ގޭތެރެ ސާފުކުރުމަށްފަހު އުކާލާ ކުންޏާއި ހަލާުވެ ބާވެގެން އުކާލާ ފަރުނީޗަރު ފަދަ ކުނީގެ ބާވަތްތަކެވެ. ހިލޭ އުކާލެވޭ ކުނީގެ ތެރޭގައި ކާބޯތަކެއްޗާއި ތެތްކުނީގެ ބާވަތްތައް ނުހިމެނޭނެ ކަމަށްވެސް ވެމްކޯއިން ވަނީ ބުނެފައެވެ.

އާއްމު ރައްޔިތުން ގޭގެއިން ނެރޭ ބޮޑެތި ކުނި ޕިކަޕްތަކުގައި އުކާލުމަށް ނަގާފީ ތިންދުވަހަށް ހިލޭ ކުރި އިރު، މި މާރިޗު މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެ ފީތައް ވެމްކޯއިން ބޮޑު ކުރިއެވެ. އެކަމާއި ގުޅިގެން އާއްމު ޕިކަޕެއްގައި ވެމްކޯގެ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންތަކަށް ކުނި އުކުމަށް 2000ރ ޚަރަދު ކުރަންޖެހޭ ކަމަށް ބުނެ އާއްމު ފަރާތްތަކުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

މާލޭގެ މަގުތައް މައްޗަށް ނެރެ ގިނަ އަދަދެއްގެ ކުނި ޖަމާކޮށްފައި ވާއިރު، ވެމްކޯއަށާއި ސިޓީ ކައުންސިލަށް އޮތީ ނުތަކާފައެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވެސް ވިދާޅުވީ، މިހާރު މާލެތެރެއަށް ކުނިއަޅަމުންދާ ނިސްބަތަށް ބަލާއިރު ކުނި ނެގޭނެ ކެޕޭސިޓީއެއް ސިޓީ ކައުންސިލްގައިވެސް ނެތް ކަމަށެވެ. އެހެން ނަމަވެސް އެ ކެޕޭސިޓީ އިތުރު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމުގައި އާޒިމް ވިދާޅުވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.