Advertisement

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

10 Mar 2024
ޚަބަރު

ޢީދު ނަމާދު ކުރާ ގަޑި 7:00އަށް ބަދަލުކުރުމަށް މަޝްވަރާކުރައްވައިފި

ރާއްޖޭގައި ޢީދު ނަމާދު ކުރާ ގަޑިއަކީ ހެނދުނު 7:00ކަމަށް ކަނޑައެޅުމާއި ގުޅޭ ގޮތުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު، ހަނދާއި ބެހޭ ކޮމިޓީގެ މެމްބަރުންނާއި އެކު މަޝްވަރާކުރައްވައިފިއެވެ.

މިނިސްޓަރ ޑރ. ޝަހީމް ވިދާޅުވީ، އީދު ނަމާދު ކުރާ ވަގުތު ބަދަލު ކުރުމާއި ގުޅޭ ގޮތުން، އިސްލާމީ ކަންތައްތަކާއި ބެހޭ މަޖިލީހާއި އަދި ދީނީ ޢިލްމުވެރިންނާއި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫނު ޢަބުދުލްޤައްޔޫމާއިވެސް މަޝްވަރާކުރައްވާފައިވާ ކަމަށެވެ.

މިނިސްޓަރ ޝަހީމް ވިދާޅުވީ، އީދު ނަމާދު ކުރާ ވަގުތު ބަދަލުކުރުން ރަނގަޅުކަން އެފަރާތްތަކުންވެސް ފާހަގަ ކުރައްވާފައިވާ ކަމަށެވެ. ރާއްޖޭގައި ޒަމާނުއްސުރެ އީދު ނަމާދު ކުރަމުން އައިސްފައި ވަނީ، ހެނދުނު 7:30ގައި މިސްކިތްތަކުގައި ކަމަށާއި، އެހެން ނަމަވެސް މިހާރު ބޮޑު ޖަމާއަތްތަކުގައި މައިދާންތަކުގައި ނަމާދު ކުރާތީ އެވަގުތަށް އަވިއަރާފައި އޮންނާނީ ނަމާދު ކުރާ މީހުންނަށް ދަތިވާ ކަމަށެވެ.

ރާއްޖޭގައި ޒަމާނުއްސުރެ ޢިދު ނަމާދު ކުރުމުގައި، ހެނދުނު 7:00ގައި ޖަމާއަތް ހަދަންފަށައި ތަކުބީރު ފަށައެވެ. އަދި 7:30ގައި ނަމާދުކޮށް ޚުތުބާ ކިޔަން ފަށާއިރު، ނަމާދުގެ ޖަމާއަތުގެ ތެރޭގައި ޚުތުބާ އަޑުއަހަން މީހުން ނުތިބޭކަންވެސް ފާހަގަކުރެވިފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.