Advertisement

އިސްމާޢީލް ޙަބީބު ޢަބްދުއްރަހީމް

13 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

ދައުރު ހަމަވެ ޙަބީބު އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމުން ވަކިވެވަޑައިގެންފި

އިލެކްޝަންސް ކޮމިޝަންގައި ޙަބީބު މެމްބަރު ކަމުގެ ދެދައުރު ފުރިހަމަ ކުރައްވައި ކޮމިޝަނުން ޙަބީބު ވަކިވެވަޑައިގެންފިއެވެ.

ޙަބީބު ވަނީ ކޮމިޝަންގެ މަސައްކަތުގައި ވިދިވިދިގެން 2 ދައުރު ފުރިހަމަ ކުރައްވާފައެވެ. އިލެކްޝަންސް ކޮމިޝަންގެ މެމްބަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމުގެ އިތުރުންވެސް އެކޮމިޝަނުގައި މަސައްކަތް ކުރެއްވި އިތުރު 11 އަހަރާއި އެކު ޖުމުލަ 21 އަހަރު ޙަބީބު އިލެކްޝަންސް ކޮމިޝަނުގައި މަސައްކަތް ކުރެއްވިއެވެ.

މިގޮތުން ޙަބީބު އިލެކްޝަންސްގައި މަސައްކަތް ކުރައްވަން ފައްޓަވާފައި ވަނީ، 2003 ވަނަ އަހަރުން ފެށިގެންނެވެ. އޭރު ޙަބީބު މަސައްކަތް ކުރައްވަމުން ގެންދެވީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައެވެ.

އިލެކްޝަންސް ކޮމިޝަންގެ ދާއިމީ ވަޒީފާއާ ޙަބީބު ގުޅިވަޑައިގެންނެވީ، އެގްޒެކްޓިވް ޑިރެކްޓަރުގެ މަޤާމަށެވެ. މީގެ އިތުރުން އެކޮމިޝަންގެ ޑިރެކްޓަރުގެ މަޤާމާއި، ޑެޕިއުޓީ ޑައިރެކްޓަރ ޖެނެރަލްގެ މަޤާމް ފުރުއްވާފައިވެއެވެ. އެންމެ ފުރަތަމަ އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމުގެ މަޤާމަށް ޙަބީބު ޢައްޔަނު ކުރައްވާފައި ވަނީ، 13 މާރިޗު 2014 ގައެެވެ. ކޮމިޝަންގެ ނައިބު ރައީސް ކަމުގެ މަޤާމުގައި 3 އަހަރު ޙަބީބު ހޭދަކުރައްވާފައިވެއެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އިސްމާޢީލް ޙަބީބު ކޮމިޝަންގައި މަސައްކަތް ކުރެއްވި ދުވަސްތަކުގައި އެމަނިކުފާނަށް ދެއްވި އެހީތެރިކަމާއި އެއްބާރު ލެއްވުމަށް ޙަބީބު ވަނީ ޝުކުރުއަދާކުރައްވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.