Advertisement

ހޯމް މިނިސްޓަރ ޢަލީ އިޙްސާން -- ފޮޓޯ މަޖިލިސް

20 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

އެއް އަހަރު ތެރޭގައި ޤަވާއިދާއި ޚިލާފަށް އުޅޭ ހުރިހާ ބިދޭސީން ހޯއްދަވާނެ ކަމުގައި ހޯމް މިނިސްޓަރ ވިދާޅުވެއްޖެ

ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް އުޅޭ ހުރިހާ ބިދޭސީން އެއް އަހަރުގެ ތެރޭގައި ހޯދައި އަޅުއްވަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމުގައި، މިނިސްޓަރ އޮފް ހޯމް އެފެއާޒް، ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުންނާއި ސުވާލު ކުރުމުގެ ވަގުތުގައި މެމްބަރަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން، މިނިސްޓަރ ވިދާޅުވީ، ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ އަދަދު ގިނަވުމަކީ އެކަމުގެ ސަބަބުން ޤައުމީ ސަލާމަތަށް ނުރައްކާތެރި ކަމެއް ކަމުގައި ޤަބޫލު ކުރައްވާ ކަމަށެވެ.

މިގޮތުން ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ހޯދައި ފޮނުވާލުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި، އަދި އެކަން ހައްލު ކުރެއްވުމަށް ޚާއްޞަ ޓާސްކް ފޯހެއްވެސް އެކުލަވާލައިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި މިނިސްޓަރ އިހްސާން ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ، ކުރިޔަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި، އެކަން ޤާނޫނީ ހަމަތަކުގެ ތެރެއަށް ގެންނާނަން. އަދި އެވަގުތު ޤާނޫނާއި ޤަވާއިދާއި ޚިލާފަށް ތިބި މީހުންނަށް ޤާނޫނީ އިމުގެ ތެރެއަށް އައުމަށް ފުރުޞަތެއް ދެވުމަށްފަހުގައި، އެގޮތަށްވެސް ނުގެނެވޭ މީހުން، ރާއްޖެއިން އަޅުގަނޑުމެން ބޭރު ކުރާނަން." 

ހޯމް މިނިސްޓަރ ޢަލީ އިޙްސާން --

މިނިސްޓަރ ވިދާޅުވީ، ކައުންސިލްތަކުގައި ބިދޭސީންގެ ދަފްތަރެއް ބަލަހައްޓަން ޤާނޫނުން ލާޒިމްކޮށްފައި ވީ ނަމަވެސް ބިދޭސީންގެ ޑާޓާ ބޭސްގެ އެކްސެސް ކައުންސިލްތަކަށް ދެވިފައި ނުވާކަމަށެވެ. އެެހެންވެ ކައުންސިލްތަކަށް އެ ފިންގަ ޕްރިންޓް ޑޭޓާބޭސްއަށް އެކްސެސް ދެވި ފިންގަ ޕްރިންޓް ސްކޭން ކުރާ މޯބައިލް ޑިވައިސްތަކާއި, ފިކްސްޑް ޑިވައިސް ކައުންސިލްތަކާއި ޕޮލިސް ސްޓޭޝަންތަކަށް ދެވި, އެ ތަނަށް އަންނަ ކޮންމެ ބިދޭސީއަކީ އިނގިލި ޖައްސާލީމާ ކާކުތޯ އެނގޭ ވަރު ކޮށްދިނުމަކީ، އަމާޒެއް ކަމުގައިވެސް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ އަދަދު، ސަރުކާރަށްވެސް ނޭނގެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.