Advertisement

ހޯމް މިނިސްޓަރ ޢަލީ އިޙްސާން -- ފޮޓޯ: މަޖިލިސް

20 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

މިސަރުކާރު އައި ފަހުން ބަނގުލަދޭޝް އިން ރާއްޖެއައީ 4000 މަސައްކަތު މީހުން: ހޯމް މިނިސްޓަރ

މިސަރުކާރުން ރާއްޖެ އައިސް ބަނގުލަދޭޝް އިން މަސައްކަތު މީހުން ގެނައުމަށް ހުއްދަ ދިންފަހުން މިހާތަނަށް ރާއްޖެ އައިސްފައިވަނީ 4000 ބަނގުލަދޭޝްގެ މަސައްކަތު މީހުންކަމުގައި، މިނިސްޓަރ އޮފް ހޯމް އެފެއާޒާ އަލީ އިޙްސާން ވިދާލުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާޢު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

މި ސަރުކާރު ވެރިކަމަށް އައި އިރު، ރާއްޖެއަށް ބަނގްލަދޭޝް އިން މަސައްކަތު މީހުން ގެނައުމަށް ކޯޓާ ދިނުން އޮތީ ހުއްޓާލާފައެވެ. އެގޮތަށް ނިންމީ ކޯޓާދިނުމަށް ކަނޑައަޅާފައިވާ އަދަދުތައް ހަމަވުމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިއަދު ވާހަކަފުޅު ދައްކަވަމުން، ހޯމް މިނިސްޓަރ ޢަލީ އިހްސާން ވިދާޅުވީ، ރާއްޖޭގައި ބަނގުލަދޭޝްގެ މީހުން މަސައްކަތް ކުރުމަށް ދޫކުރެވިފައިވާ އެކްޓިވް ވޯކްޕާމިޓްގެ އަދަދަކީ، 135،149 ކަމަށެވެ. އަދި މިސަރުކާރުން އަލުން ކޯޓާ ދޫކުރަން ފެށިފަހުން، ބަނގުލަދޭޝްއިން މީހުން ގެނައުމަށް 5400 ވޯކްޕާމިޓް ދޫކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން ރާއްޖެއައިސްފައި ވަނީ 4000 އެއްހައި މީހުންކަމުގައިވެސް މިިނިސްޓަރ އިޙްސާން ވިދާޅުވިއެވެ.

ރާއްޖޭގައި ތިބި ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން އެންމެ ގިނަ މީހުންނަކީ، ބަނގުލަދޭޝް މީހުންނެވެ. ނުރަސްމީ އަންދާޒާތަކުން ލަފާ ކުރާ ގޮތުގައި ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް އުޅޭ ބަނގުލަަދޭޝް މީހުންނާއި އެކު ރާއްޖޭގައި ތިބި އެޤައުމަށް ނިސްބަތްވާ މީހުންގެ އަދަދު ދޮޅުލައްކައަށްވުރެ މަތިވާނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.