Advertisement

19 Mar 2024
ޚަބަރު
މިފްތާޙް މުޙައްމަދު

ފަލަސްތީނަށްޓަކާ ދިވެހިންނާ ބިދޭސީންގެ ހިތުގަ އޮތް ވަރުގަދަ ލޯބި ފެނުނު ކުޑަ ހިނދުކޮޅު

ދާދި މިދާކަށް ދުވަހު އަސުރު ނަމާދުކޮށް ނިމުނު ގަޑީގައި މިސްކިތުގެ ދޮރު ކައިރީގައި ހުއްޓިގެން ހުރީ، ދިގު، ކަޅު، ހެދުމެއް ލައިގެން ހުރި ޒުވާން އަންހެން ކުއްޖެކެވެ. ފެންނަ ފެނުމަށް އޭނާގެ އުމުރުން ވާނީ ވިއްސަކަށް އަހަރެވެ. އަދި އޭނާގެ ކައިރީގައި ހުރި ބޭބީ ޓްރޮލީގައި ގާތްގަނޑަކަށް އެއް އަހަރުގެ ކުޑަ ކުއްޖަކު ވެސް އިނެވެ

މިސްކިތުން ނިކުތުމަށް ދިޔަ ހުރިހާ އެންމެން ކަހަލަ ގޮތަކަށް ޖީބުން ވޮލެޓު ނަގާ ހާވާލުމަށްފަހު، 20ރ. އިން 50ރ. ނަގާ، އަންހެން އެ ކުއްޖާ ހިފަހައްޓައިގެން ހުރި ކޮތަޅެއް ފާޑުގެ ދަބަހަކަށް އަޅާ މަންޒަރު ފެނުނެވެ. އަހަރެން ހީކުރީ ބޮޑު ބައްޔަކަށް ފަރުވާ ކުރުމަށް ފަންޑެއް ހޯދަމުން ދިޔަ އަންހެނެއް ކަމަށެވެ. ނަމަވެސް ކައިރިޔަށް ދިޔުމުން އެއީ ދިވެހި އަންހެނެއް ނޫންކަން އެނގުނެވެ. ފެންނަ ފެނުމަށް ސިފަ ކުރެވުނީ އަރަބި އަންހެނެއްގެ ގޮތުގައެވެ.

މި އަންހެން ކުއްޖާ ހުރީ އިނގިރޭސި ބަހުން ލިޔެފައި ހުރި ޕޯސްޓަރެއް ހިފައިގެނެވެ. މި ޕޯސްޓަރުގަ ލިޔެފަ އޮތް މެސެޖު ކިޔާލުމުން، ހިފެހެއްޓުމެއްނެތި އެންމެން އެހީދޭން މި މަސައްކަތް ކުރާ ސަބަބު އޮޅުންފިލިއެވެ.

މިހާރަކަށް އައިސް ގިނަ ފަހަރަށް ދިމާވާގޮތަކީ، ފައިސާގެ އެހީއެއް ހޯދުމަށް މީހަކު އެދިއެދި ހުއްޓަސް، އެއީ ހަގީގަތުގައި ވެސް އޭނާއަށް ދިމާވެފައިވާ ނިކަމެތި ހާލަތަކުން އަރައިގަތުމަށް ފައިސާގެ ބޭނުން ޖެހިފައިވާ މީހެއްކަން ގަބޫލުކުރަން އުނދަގޫވަނީއެވެ. ސަބަބަކީ މި ގޮތަށް އެހީއަށް އެދޭ ގިނަ އަންހެނުންނާ ފިރިހެނުންނަކީ މަސްތުވާތަކެތީގެ އަޅުންނަށްވުމެވެ.

ނަމަވެސް، މި އަންހެން ކުއްޖާ ފެނިފައި އެއްވެސް މީހަކު، މި ސުވާލު ހިތުގަ އުފައްދާނެ ހެނެއް ހިޔެއް ނުވެއެވެ. ހަމަގައިމު ވެސް އެމީހުންގެ އަމަލުތަކުން ދޭހަވީ، އެމީހުން އެ ސުވާލު ނުއުފައްދާކަމެވެ. ކޮންމެ މީހަކު ވެސް ބެލީ އެމީހަކަށް ވެވުނު މިންވަރަކުން އެހީވެވޭތޯއެވެ. މި ކަމުގައި ދިވެއްސެއް ބިދޭސީއެއް ތަފާތެއް ނެތެވެ.

އެ އަންހެންކުއްޖާ ހިފައިގެން ހުރި ޕޯސްޓަރުގައި ފަލަސްތީނުގެ ދިދައެއް ޖަހާފައި ލިޔެފައިއޮތީ، އޭނާއަކީ ފަލަސްތީނު ރައްޔިތެއްކަމަށާއި، އޭނާގެ ކުޑަ ދަރިފުޅަށް ކާންދިނުމަށް ފައިސާ ބޭނުންވާކަމެވެ. މިއީ، މިސްކިތުން ފޭބި އެންމެންގެ ހިތް ދަމައިގަތް ލަފްޒުތަކެވެ. އެހީތެރިވުމަށް ކެތް މަދުވި ސަބަބެވެ.

ގާތްގަނޑަކަށް 5-7 މިނެޓު ވަންދެން އެ އަންހެން ކުއްޖާ އެހީ ހޯދުމުގައި ހޭދަ ކުރުމަށްފަހު، މިސްކިތުން ނިކުމެގެން ދިޔުމަށް އޭނާގެ އަތުގައި އޮތް ޕޯސްޓަރު ޓްރޮލީގެ ދަށަށްލާ ފޮރުވިއެވެ. އެހާ ކުޑަ ވަގުތު ކޮޅަކުން އޭނާއަށް ފުދޭ މިންވަރަށް އެހީ ލިބުނީކަމަށް ގަބޫލު ކުރެވުނެވެ.

އޭނާގެ ހާލަތު އިތުރަށް އޮޅުން ފިލުވުމަށް އޭނާއާ ވާހަކަ ދެއްކޭތޯ ބެލީމެވެ. އިނގިރޭސި ބަސް ދަންނަންތޯ އެހުމުން ބުނީ، "އަރަބިކް... އަރަބިކް" މިހެންނެވެ. ކަންދިމާކުރިގޮތުން އެ ވަގުތު އަރަބި ދަންނަ މީހަކު އެތަނަށް އައެވެ. އެހެންކަމުން، އޮޅުން ފިލުވާލަން ބޭނުންވެފައި ހުރި ދެތިން ސުވާލެއްގެ ޖަވާބު ލިބުނެވެ. އަދި ލިބުނު ޖަވާބުތަކުގެ ގޮތުން އިތުރު ސުވާލުވެސް އަހަރެންގެ ހިތުގައި އުފެދުނެވެ

ރާއްޖޭގަ އުޅެނީ އެ ތުއްތު ކުއްޖާއާއި އޭނާއާ އެކަނިތޯ އެހުމުން ބުނީ، އަންހެން ކުއްޖާގަ މަންމައާ ބައްޕަވެސް ރާއްޖޭގައި އުޅޭ ކަމަށެވެ. ދެން އެހި ސުވާލަކީ، އެމީހުން ރާއްޖެ އައީ ކިހިނެއްތޯއެވެ. އޭނާ ބުނީ، އެމީހުން ރާއްޖޭގައި ދިރިއުޅެމުންދާތާ ދުވަސްތަކެއް ފާއިތުވެގެން ދިޔަ ވާހަކައެވެ. އިތުރު ސުވާލެއް އެހޭ ގޮތެއް ނުވިއެވެ. މަންމަ ގޮވަނިއްޔޭ ބުނެފަ އޭނާ ޓްރޮލީ ހިފައިގެން ގޮއްސިއެވެ

ފަލަސްތިނުގައި މިހާރު ކުރިޔަށްދާ ހަނގުރާމައިގައި އެތައް ދުވަސްތަކެއް ވެފައިވާއިރު، ގިނަ ބަޔަކު ދަނީ ބަނޑުހައި ހޫނުކަމުގައި ވެސް ދުނިޔެ ދޫކުރަމުންނެވެ. ޔާ ! ފަލަސްތީނުގެ ރައްޔިތުން މި ބިރުވެރިކަމުން ދިންނަވާންދޭވެ

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.