Advertisement

އެޑިޔުކޭޝަން މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު --

19 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

ދިރާސީ އަހަރަށް ގެނައި ބަދަލުގެ ފައިދާއަށް ވުރެ ގެއްލުން ބޮޑު - އެޑިޔުކޭޝަން މިނިސްޓަރ

ދިރާސީ އަހަރު ފަށާ ތާރީޚާއި ދިރާސީ ކަލަންޑަރަށް ކުރީ ސަރުކާރުގައި ގެނައި ބަދަލުގެ ފައިދާއަށް ވުރެ ގެއްލުން ބޮޑު ކަމުގައި މިނިސްޓަރ އޮފް އެޑިޔުކޭޝަން، ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ބޭއްވި ރައްޔިތުންގެ މަޖިީހުގެ ޖަލްސާގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ، 2021 ވަނަ އަހަރު ދިރާސީ އަހަރު އޮގަސްޓް މަހުގައި ފަށާގޮތަށް ހަމަޖެއްސީ އެކަމާއި  ގުޅިގެން ހޯދި ހިޔާލު ހޯދުންތަކުގައިވެސް މެޖޯރިޓީ ފަރާތްތަކުން އެގޮތަށް ބަދަލުކުރުމަށް ބޭނުން ނުވާކަން ހާމަކޮށްފައި ވަނިކޮށް ހަމަށެވެ.

"ތިރީހަކަށް ހާސް ރައްޔިތުންގެ މައުލޫމާތު ހިމެނޭ ޑޭޓާ ސެޓެއް އެބަ އޮތް، އެއިން %69 ، ގާތް ގަނޑަކަށް %70 އާ ކައިރިކުރާ މިންވަރަކަށް ރައްޔިތުން ބޭނުންވީ ހަމަ އިހުގައި ވެސް އޮތް ގޮތަަށް ޖެނުއަރީން ފެށިގެން ޑިސެމްބަރަށް ޓާމް ބާއްވަން."

މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު --

ކޯވިޑް-19ގެ ހާލަތާއި ގުޅިގެން ދިރާސީ އަހަރު ދޮޅު އަހަރަށް ދިގުކޮށްލުމަށް ފަހުގައި، 2021 ވަނަ އަހަރުން ފެށިގެން ދިރާސީ އައު އަހަރު ފަށަމުން އަންނަނީ އޮގަސްޓް މަހުގައެވެ. އެގޮތަށް ހަމަޖެއްސީ، ރާއްޖޭގެ ޓޫރިޒަމްގެ ޕީކް ސީޒަނާއި ސްކޫލު ބަންދު ދިމާވާތީ، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ ހުރި ކަންބޮޑުވުމާއި، އަދި ދިރާސީ އަހަރު ފަށާގޮތަށް ދުނިޔޭގެ ޤައުމުތަކުގައި ޢަމަލުކުރަމުން އައި ގޮތްތައްވެސް ބެލުމަށްފަހުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދަކީ، ކުރިން އޮތް ގޮތަށް ޖެނުއަރީގައި ދިރާސީ އަހަރު ފަށާގޮތަށް ބަަދަލުކުރުމެވެ. އެގޮތުން 2025 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ދިރާސީ ފަށާނީ ޖެނުއަރީ މަހުގައި ކަމަށް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ. އަދި އެބަދަލު ގެނައުމަށްޓަކައި 2023 ވަނަ އަހަރާއި 2024 ވަނަ އަހަރުގެ ދިރާސީ އަހަރު ވަނީ ކުރުކޮށްލާފައެވެ. 

ދިރާސީ ކަލަންޑަރަށް ގެނައި ބަދަލުގައި ވާގޮތުން މިހިނގާ ދިރާސީ އަހަރު މެއި މަހު ނިމޭނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.