Advertisement

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު --- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

20 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

ޢީދު ނަމާދު ކުރާ ގަޑިއަކީ، ހެނދުނު 7:00 ކަމުގައި ހަމަޖައްސައިފި

ދިވެހިރާއްޖޭގައި ޢީދު ނަމާދުކުރާ ވަގުތަކީ، ހެނދުނު 7:30 ކަމުގައި ޒަމާނުއްސުރެ ހަމަޖައްސާފައި އޮތް އޮތުން ބަދަލުކޮށް، މިއަހަރުގެ ފިޠުރު ޢީދުން ފެށިގެން ޢީދު ނަމާދު ކުރާ ގަޑިއަކީ، ހެނދުނު 7:00 ކަމުގައި ސަަރުކާރުން ހަމަޖައްސަވައިފިއެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ވިދާޅުވީ، ޢީދު ނަމާދުކުރަން ފަށާވަގުތު އަވަސްކޮށްފައި ވަނީ، ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި، ދީނީ ޢިލުމްވެރިންނާއި، ފަލަކީ ހިސާބުތަކާއި ބެހޭ ކޮމިޓީއާ މަޝްވަރާކުރެއްވުމަށް ފަހުގައި ކަމަށެވެ. 

އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު ސޮއެކުރައްވާ ނެރުވާފައިވާ ބަޔާނުގައި އެނިންމުން އެގޮތަށް ނިންމެވި ކަމަށް ކަނޑައެޅުއްވި ތާރީޚަކީ މިއަދެވެ. މީގެ ކުރިންވެސް މިނިސްޓަރ ވިދާޅުވި ގޮތުގައި، އީދު ނަމާދުވެ ވަގުތު އަވަސް ކުރެއްވުމަށް ނިންމެވީ، މިހާރު ނަމާދު ކުރާ ވަގުތުގައި ބޮޑު ޖަމާޢަތްތަކުގައި ނަމާދު ކުރާއިރު، އަވި އަރާފައި އޮންނާތީ އެކަމުގެ ސަބަބުން އާއްމުންނަށް ދަތިތަކާއި ދިމާވާތީ ކަމަށެވެ.

ދިވެހިރާއްޖޭގައި ޢީދު ނަމާދު ކުރާ ގަޑިއަކީ ހެނދުނު 7:30 ކަމުގައި ކަނޑައެޅީ ކޮންޒަމާނެއްގައި ކަން އެނގޭކަށް ނެތެވެ. އެހެން ނަމަވެސްް ވަރަށް ކުރީޒަމާނުން ފެށިގެން ރާއްޖޭގައި ޢީދު ނަމާދު ކުރަމުން އައީ އެގަޑީގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.