Advertisement

އެމްޑީޕީގެ ރައީސް ޢަބުދުﷲ ޝާހިދު މ ރަތްމަންދޫގައި -- ފޮޓޯ: އެމްޑީޕީ

24 Mar 2024
ޚަބަރު

ކުޑަރަށެއް ބޮޑު ރަށެއް ތަފާތު ނުކޮށް މަޝްރޫޢުތައް ސަރުކާރުން ހުއްޓާލައިފި

ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތުކުރުމެއް ނެތި މި ސަރުކާރުންވަނީރަށްރަށުގެ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓާލާފައި ކަމުގައި ވިދާޅުވެ، އެމްޑީޕީގެ ރައީސް ޢަބުދުﷲ ޝާހިދު ޕޯސްޓް ކުރެއްވި ވީޑިއޯއަށް ސަރުކާރުގެ ވަޒީރުންނާއި ނައިބު ވަޒީރުން ރައްދުދީ ފުރައްސާރަކޮށްފިއެވެ.

އެމްޑީޕީގެ މިސްރާބު ހަމަ މަގަށް، މަޖިލިސް ކެމްޕޭނުގެ ތެރެއިން އަތޮޅުތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެމްޑީޕީގެ ރައީސް ޢަބުދުﷲ ޝާހިދު ވަނީި، އިއްޔެ މ. ރަތްމަންދޫގައި ހުންނަވައިގެން އެރަށުގެ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓިފައިވާކަން ބަޔާން ކުރައްވައި، އެމަނިކުފާނުގެ އަމިއްލަފުޅު ސޯޝަލް މީޑިއާއެކައުންޓްތަކުގައި ވީޑިއޯއެއް ޕޯސްޓް ކުރައްވާފައެވެ.

ޝާހިދު ޕޯސްޓް ކުރެއްވި، 1 މިނިޓް 23 ސިކުންތުގެ ކުރި ވީޑިއޯގައި އެމަނިކުފާނު ވިދާޅުވީ، މިއަދުގެ ސަރުކާރުން ކުޑަރަށެއް ބޮޑު ރަށެއް ތަފާތުކުރެއްވުމެއް ނެތި، ތަރައްޤީގެ ހުރިހާ މަޝްރޫޢުތަކެއް ވަނީ ހުއްޓަވައި ލައްވާފައި ކަމަށެވެ.

އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ޕޯސްޓް ކުރެއްވި ވީޑިއޯ.

ޢަބުދުﷲ ޝާހިދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި މ. ރަތްމަންދޫގައި ފަށާފައިވާ ތަރައްޤީގެ މަޝްރޫޢުތައް މިސަރުކާރުން ވަނީ ހުއްޓާލާފައި ކަމަށެވެ. އަދި ރައީސް ޞާލިހްގެ ސަރުކާރުން މިދިޔަ އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި، 1.7 ބިލިއަން ރުފިޔާ ތަރައްޤީގެ މަޝްރޫޢުތަކަށް ހޭދަކުރެއްވި އިރު، މިސަރުކާރު މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި، ހޭދަކުރައްވާފައި ވަނީ 300 މިލިޔަން ރުފިޔާ ކަމުގައި ޢަބްދުﷲ ޝާހިދު ވިދާޅުވިއެވެ.

ޢަބުދުﷲ ޝާހިދަށް ރައްދުދެއްވި ބޭފުޅުންގެ ތެރޭަގައި ވަޒީރުންނާއި، ނައިބު ވަޒީރުންނާއި، އެމްބަސީތަކުގެ ސަފީރުންނާއި، އަދި ސަރުކާރުގެ އެކި އެކި ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނާއި، އެކްޓިވިސްޓުން ހިމެނެއެެވެ. އެބޭފުޅުންގެ ތެރެއިން ގިނަ ބޭފުޅުން، ސަރުކާރުގެ ސިޔާސަތުތަކާއި މަސައްކަތްތައް ހާމަކުރެއްވުމުގެ ބަދަލުގައި ގޮވާފައި ވަނީ ބޭަދަބީ ބަސްތަކެވެ.

ޢަބުދުﷲ ޝާހިދަށް ރައްދުދެއްވައި، ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ، ރަށްރަށުގެ ފެނާ ނަރުދަނާގެ މަޝްރޫޢުތައް ކުރީ ސަރުކާރުން ފެނަކަ ކޯޕަރޭޝަނާއި ހަވާލު ކުރި އިރު އެރަށްރަށުގައި މަޝްރޫޢުތައް ކުރިޔަށް ގެންދިޔުމުގެ ޤާބިލްކަން އެކުންފުނީގައި ނެތް ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.