Advertisement

ޕްރީކާސްޓިން، ސްޕަރ ސްޓްރަކްޗަރތައް --- ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ

21 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

ތިލަމާލެ ބުރިޖުގެ މަސައްކަތް ކުރިޔަށް ދަނީ ތާވަލަށްވުރެވެސް އަވަހަށް ކަމުގައި މިސަރުކާރުންވެސް ބުނެފި

ތިލަމާލެ ބުރިޖުގެ މަސައްކަތް ކުރިޔަށް ދަނީ ތާވަލަށްވުރެވެސް އަވަހަށް ކަމުގައި މިސަރުކާރުންވެސް ބުނެފިއެވެ.

ގްރޭޓާ މާލެ ކަނެކްޓިވިޓީ ބުރިޖު ނުވަތަ ތިލަމާލެ ބުރިޖަކީ، މިސަރުކާރުގެ ސިޔާސީ ބޭފުޅުން ރިޔާސީ އިންތިޚާބުގެ ތެރޭގައި އެންމެ ބޮޑަށް ފާޑުކިޔައި ހަޖޫ ޖެހި މަޝްރޫއެވެ. އަދި އެބުރިޖުގެ މަޝްރޫޢު އެކުލަވާލާފައިވާ ތާވަލާއި އެއްގޮތަށް ކުރިޔަށް ދާކަމުގައި ކުރީ ސަރުކާރުން ހާމަ ކުރުމުން، މިހާރު މިސަރުކާރުގެ އިސް ފަރާތްތަކުގެ ގޮތުގައި ތިއްބެވި ބޭފުޅުން އޭރު އިދިކޮޅުގައި ތިއްބަވައިގެން ފާޑު ކިޔުއްވާފައިވެއެވެ. 

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ، މަަސައްކަތް ކުރިޔަށް ދަނީ ޝެޑިއުލްއަށް ވުރެވެސް ބާރަށް ކަމަށާއި، މުޅި ބުރިޖުގެ މަސައްކަތްތަކުގެ %35 އިންސަތަ މިހާރު ނިމިފައިވާ ކަމަށެވެ. އަދި ސްޕަރ ސްޓްރަކްޗަރގެ ޕްރީކާސްޓިން މަސައްކަތުގެ %24 އިންސައްތަ ނިމިފައިވާ ކަމުގައިވެސް މިނިސްޓަރ ވިދާޅުވިއެވެ.

މަޝްރޫޢުގެ ސްޕީޑް މިހާރު ހުރި ގޮތަސް ބަލާއިރު، 2025 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ ކުރިން މާލެ އާ ވިލިމާލެ ގުޅާލާ ބުރިޖުގެ މަސައްކަތް ނިންމާލެވޭނެއެވެ.

ތިލަމާލެ ބުރިޖުގައި ކަނޑުއަޮޅިތައް ހުރަސްކޮށް ތިން ބުރިޖެއް އަޅާނެއެވެ. އެއީ، މާލެ އާއި ވިލިމާލެ ގުޅާލާ ބުރިޖާއި، ވިލިމާލެ އާއި ގުޅިފަޅު ގުޅާލާ ބުރިޖާއި އަދި ގުޅިފަޅާއި ތިލަފުށި ގުޅާލާ ބުރިޖެވެ. އަދި ފަހުން ގްރޭޓާ މާލެ ކަނެކްޓިވިޓީގެ ތެރެއިން، ގިރާވަރު ފަޅާއި ތިލަފަޅުވެސް ބުރިޖުން ގުޅައިލާނެ ކަމަށް ކުރީ ސަރުކާރުން ހާމަކޮށްފައިވެއެވެ.

ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖަށް 500 މިލިއަން ޑޮލަރު ޚަރަދުވެއެވެ. އޭގެ ތެރެއިން، 100 މިލިއަން ޑޮލަރު އިންޑިއާއިން ހިލޭ އެހީގެ ގޮތުގައި ދީފައި ވާއިރު، 400 މިލިއަން ޑޮލަރު ދީފައި ވަނީ އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.