Advertisement

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ---

21 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

މާލެއިން އެމްޑީޕީއަށް ކާމިޔާބު ކުރެވޭ ގޮނޑިތަކުގެ އެންމެ ކުރީގައި ހިމެނޭނީ މާފަންނު އުތުރު ދާއިރާގެ ގޮނޑި - ރައީސް ޞާލިޙް

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީގުގެ އިންތިޚާބުގައި މާލެއިން އެމްޑީޕީއަށް ކާމިޔާބު ކުރެވޭ ގޮނޑިތަކުގެ އެންމެ ކުރީގައި، މާފަންނު އުތުރު ދާއިރާގެ ގޮނޑި ހިމެނޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި އެދާއިރާގެ ގޮނޑިއަށް ވާދަކުރައްވާ އިފްޙާމް ޙުސައިންގެ ކެމްޕެއިން ޖަގަހަ ހުޅުއްވައި ދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ޞާލިޙް ވިދާޅުވީ، އިންތިޚާބު އޮންނާނެ ތާރީޚެއް ނޭނގި ދިޔަ ދުވަސްތަކުގައިވެސް އެދާއިރާގެ ކެމްޕޭންތައް ކުރިޔަށް ދިޔަކަން ފާހަގަކުރެއްވުނު ކަމަށެވެ. 

ރައީސް ޞާލިޙް ވިދާޅުވީ، މާފަންނު އުތުރަކީ، އެމްޑީޕީގެ އިސްލާޙީ ހަރަކާތްތަކުގައި، ފެށުނީއްސުރެ އަދި މާކުރީއްސުރެވެސް މާފަންނު އުތުރުގެ ރައްޔިތުން ބައިވެރިވަމުން ދިޔަ ކަމަށާއި، ޚާއްޞަކޮށް ޖަވާހިރުވާދީ އެއީ މަރުކަޒެއްގެ ގޮތުގައި މަސައްކަތްތައް ކުރަމުން ދިޔަ ކަަމަށެވެ. 

ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ، އިފްޙާމް ޙުސައިން ނިސްބަތްވާ އޭނާގެ އާޢިލާގެ ގެ، މާފަންނު ޖަވާހިރު ވާދީ އާ އެމްޑީޕީއާ އޮތް ގުޅުމުގެ މައްޗަށްވެސް ރައީސް ޞާލިޙްގެ ވާހަކަފުޅުގައި އަލި އަޅުއްވާލެއްވިއެވެ. މިގޮތުން މ. ޖަވާހިރު ވާދީ އިލްޔާސް ޙުސައިންއަކީ އެމްޑީޕީ އުފެއްދުމަށް އިސްނެގި ތިން މުއައްސިސުންގެ ތެރެއިން އެއް މުއައްސިސްކަަމުގައިވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިފަހަރުގެ އިންތިޚާބުގައި ވާދަކުރައްވާ އިފްހާމްގެ އިތުރުން، އަލިފުށި ދާއިރާގެ މިހާރުގެ މެމްބަރު އަދި މިފަހަރުވެސް އެދާއިރާއަށް ވާދަކުރައްވާ މުޙައްމަދު ރަޝީދު ޙުސައިންއަކީވެސް، މ. ޖަވާހިރު ވާދީގެ ބޭފުޅެކެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގައިވެސް މާފަންނު އުތުރު ދާއިރާގެ ގޮނޑު ކާމިޔާބުކޮށްފައި ވަނީ އެމްޑީޕީންނެވެ. އެގޮނޑިއަށް އިންތިޚާބުވެ ވަޑައިގެންނެވި، އިމްތިޔާޒް ފަޙްމީ ވަނީ، ޕާޓީގެ ތެރޭގައި އުފެދުނު ޚިޔާލު ތަފާތުވުންތަކާއި އެކު، އެމްޑީޕީގެ ތެރެއިން އަލަށް އުފެދުނު ޕާޓީ ދަ ޑިމޮކްރެޓްސް އާއި ގުޅިވަޑައިގެންފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.