Advertisement

ޖަޕާނުގައި ވިއްކަން ހުންނަ ފޭކް ކާބޯތަކެތި---

22 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

ފޭކް ކާބޯތަކެތީގެ ވިޔަފާރި، މިއީވެސް ބޮޑު އިންޑަސްޓްރީއެއް!

ޖަޕާނުގެ މަގުމަތީގައި ހިނގާލާފައި ދާއިރު، ކާބޯތަކެތި ވިއްކާ ކޮންމެ ރެސްޓޯރެންޓެއްގައި ބޭރަށް ފެންނަ ގޮތަށް އެތައް ބާވަތެއްގެ އެތައް ބައިވަރު ކާއެއްޗެހި ބަހައްޓާފައި ހުއްޓައި ފެނެއެވެ. ތަފާތު މީރު ރަހައިގެ އެ ކާބޯތަކެތި ފެނުމުން ކާހިތްވެ މީހުންގެ ކުޅު ދިޔާވެެއެވެ.

ޖަޕާނުގެ ތަފާތު ބާވަތް ބާވަތުގެ ކެއުންތައް ރެސްޓޯރެންޓްތަކުގެ ބޭރަށް ފެންނަ ގޮތަށް ޝޯވކޭސް ކުރެވިފައި ހުންނައިރު، އެތަކެތީގެ ތާޒާކަމަށް ކުޑަވެސް ބަދަލެއް އައިސްފައެއް ނުހުރެއެވެ. ހަމަ ހީވަނީ ކުޑައިރުކޮޅެއްގެ ކުރިން ތައްޔާރުކޮށް ބަދިގޭން ނެރެފައިވާ ކާބޯތަކެތިހެންނެވެ. އެއްގަމު މަހާއި ތަރުކާރީ އާއި ކަނޑުމަހާއި އަދި ސީފުޑްގެ އެކިބާވަތްތަކުން ތައްޔާރުކޮށްފައިވާ ތަށިތައް ފެނުމުން ކިތަންމެ ކާހިތްވެ ކުޅު ދިޔާވި ނަމަވެސް އެތަކެއްޗެއް ކެވޭނެ އެއްޗެއް ނޫނެވެ. އެއީ ހުސް ޕްލާސްޓިކުން ހަދާފައިވާ ފޭކު ކާބޯތަކެތި ކަމަށްވާތީއެވެ.

ފޭކް ފުޑް އިންޑަސްޓްރީއަކީވެސް ވަރަށް ބޮޑު އިންޑަސްޓްރީއެކެވެ. މިއިންޑަސްޓްރީގެ އަގު ޖަޕާނުގައި އެކަނިވެސް 90 މިލިއަން ޑޮލަރަށް ވުރެ މައްޗަށް އަރައެވެ.

ޕްލާސްޓިކުން ހަދާފައިވާ މިއިން ކޮންމެ ކާއެއްޗަކީވެސް މެޝިނަރީއަކާއި ނުލައި ޕްލާސްޓިކް ބޭނުންކޮށްގެން އަތްތެރި މަސައްކަތުން އުފައްދާފައިވާ ކާބޯތަކެތީގެ ރެޕްލިކާ ތަކެކެވެ. އައިސްކުރީމާއި، މޭވާ އާއި ތަރުކާރީ އާއި އެއްގަމު މަހާއި ކަނޑުމަހާއި މިހެންގޮސް ހުރިހާ އެއްޗަކީވެސް ހަމަ ޕްލާސްޓިކެވެ.

އެއީ ހަމައަށް އަސްލު ކާބޯތަކެއްޗާއި އެއްގޮތަށް ތްރީޑީކޮށް ޕްލާސްޓިކުން އުފައްދާފައިވާ ތަކެއްޗެވެ.

ފޭކު ފުޑަކީ ކާންބޯން ބޭނުން ކުރެވޭ އެއްޗެއް ނުވާއިރު، 90 މިލިއަންޑޮލަރުގެ މިއިންޑަސްޓްރީން ލިބޭ ފައިދާއަކީ ކޮބައިތޯ މިއީ އުފެދިދާނެ ސުވާލެކެވެ.

ޖަޕާނުގެ ފޭކް ކާބޯތަކެތީގެ އިންޑަސްޓްރީގައި ދިގު ތާރީޚެއް އޮވެއެވެ. އޮސާކާގެ މޮރީނޯ ސާމްޕަލް ވޯކްޝޮޕްގައި ފޭކް ކާބޯތަކެތި އުފައްދަމުން އަންނަތާ 45 އަހަރަށްވުރެ ގިނަ ދުވަސްވަނީ ވެފައެވެ.

އެތަނުގައި 40އަށް ވުރެ ގިނަ އާޓިސްޓުން ފޭކް ފޫޑު އުފެއްދުމުގެ މަސައްކަތުގައި ހަރަކާތްތެރިވެއެވެ. އަދި އެމީހުން އުފައްދާ ފޭކް ކާބޯތަކެތި ދުނިޔޭގެ އެކި ޤައުމުތަކަށްވެސް ފޮނުވައެވެ.

އެ ކުންފުނިން އެންމެ އާއްމުކޮށް އުފައްދާ ފޭކް ކާބޯތަކެތީގެ ތެރޭގައި ޖަޕާނުގެ ޚާއްސަ އަދި ސަޤާފީ ކާތަކެތި ކަމުގައިވާ ސުޝީ އާއި ޓެމްޕްރާ އަދި ނޫޑްލްސްވެސް ހިމެނެއެވެ.

އޭގެ އިތުރުންވެސް އެކުންފުންޏަށް އޯޑަރުދިން ކޮންމެ އެއްޗެއް އެކުންފުނިން ހަދައިދެއެވެ. ތަފާތު ބާވަތްތަކުގެ ޑްރިންކާއި ބާގާ އާއި ޕިއްޒާ އާއި އައިސް ކުރީމްވެސް އޭގެ ތެރޭގައި ހިމެނެއެވެ.

ޕްލާސްޓިކުން ކާބޯތަކެތީގެ މޮޑެލްތައް އުފެއްދުމަށްޓަކައި ފުރަތަމަ ކުރާ ކަމަކީ، އަސްލު މޭވާ ތަރުކާރީ ނުވަތަ އެނޫންވެސް އުފައްދަން ބޭނުންވާ އަސްލު އެއްޗެއް ބޭނުންކޮށްގެން ތައްގަނޑެއް ހަދައިގެން.

ޕްލާސްޓިކުން ކާބޯތަކެތި ހެދުމުގެ ވިޔަފާރި ޖަޕާނުގައި ފެށިގެން އައީ 1930ގެ އަހަރުތަކުން ފެށިގެނެވެ. ފުރަތަމަ އެ މަސައްކަތް ކުރި މީހަކީ ޓަކީޒޯ އިވަސާކީ ނަމަކަށް ކިޔާ މީހެކެވެ.

އެހެން ނަމަވެސް ފޭކް ފުޑްގެ އިންޑަސްޓްރީ ފުޅާވެގެން ދިޔައީ 1950 ގެ އަހަރުތަކުގެ ތެރޭގައެވެ. އޭގެ ބޭނުމަކަށްވީ ޖަޕާނުގެ ރެސްޓޯރެންޓްތަކުގެ މެނޫތަކުގައި ހުންނަ ކާބޯތަކެއްޗަކީ ކޮބައިކަން ޖަޕާނަށް ޒިޔާރަތްކުރާ މީހުންނަށް އަންގައިދިނުމެވެ. ޖަޕާނުގެ ބަސް ނޭނގުނަސް އޯޑަރު ކުރެވޭ ކާތަކެތި ހުންނާނެ ގޮތް ކަސްޓަމަރަށް ފެންނަން ހުރުމަކީ، ކަސްޓަމަރުންނަށް ލިބިގެންދާ ވަރަށް ބޮޑު ފަސޭހައެކެވެ. މިއަދު ޕްލާސްޓިކުން ހަދާފައިވާ ކާބޯތަކެތި، ޖަޕާނުގެ ސްވެނިއަރ ޝޮޕްތަކާއި ރެސްޓޯރެންޓްތަކުގައި ފެންނަގޮތަށް ބަހައްޓާފައި ހުންނަނީ އެބޭނުމަށްޓަކައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.