Advertisement

މިސްކިތްތައް އެޅުމާއި ގުޅޭ އެއްބަސްވުންތަކުގައި ސޮއެކުރުން --

21 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

ތިންރަށެއްގައި މިސްކިތްތައް އެޅުމަށް އަމިއްލަ ފަރާތްތަކާއި ހަވާލުކޮށްފި

ތިން މިސްކިތެއް އެޅުމަށް ސަރުކާރުން އަމިއްލަ ތިން ފަރާތަކާއި މިއަދު ހަވާލުކޮށް އެކަމާއި ގުޅޭ އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މިސްކިތްތައް އެޅުމަށް އަމިއްލަ ފަރާތްތަކާއި ހަވާލުކޮށްފައި ވަނީ، ރ. އަލިފުއްޓާއި، އައްޑޫ ސިޓީ ހުޅުދޫގެ އިތުރުން ހުޅުމާލެ ފޭސް 2 ގައި މިސްކިތް އެޅުމަށެވެ.

މިގޮތުން ރ. އަލިފުށީގައި 570 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާ ކުރުމަށް ހަވާލު ކޮށްފައި ވަނީ، ޢަބްދުއްރަޙްމާން މޫސާ އަށެވެ. އައްޑޫ ސިޓީ ހުޅުދޫގައި 200 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތް ކުރުމަށް ހަވާލު ކޮށްފައި ވަނީ، މ. ޝުއާޒް މުހައްމަދު ޞާލިޙް އާއެވެެ. އަދި ހުޅުމާލެ ފޭސް 2 ގައި، މިސްކިތެއް އެޅުމަށް ހަވާލުކޮށްފައި ވަނީ، މ.މާޔާ މުޙައްމަދު ޔޫސުފަށެވެ.

މިތިން ބޭފުޅުންނާއިއެކު މިސްކިތްތައް ބިނާކުރުމާއި ގުޅޭ އެއްބަސްވުންތަކުގައި ސޮއެކުރެއްވީ، މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.