Advertisement

އީހާންގްގެ އީއެޗް216-އެސް ޑްރޯން ޓެކްސީ --

21 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

ޑްރޯން ޓެކްސީގައި ސީދާ ގެއަށް! ސަތޭކަ އަހަރަށް ފަހުން މަތިންދާ ބޯޓުތަކުގެ ޒަމާން ނިމެނީ!

ދުނިޔޭގެ ދަތުރު ފަތުރަށް އައި އެންމެ ބޮޑު އިންޤިލާބީ ބަދަލަކީ، މަތިންދާ ބޯޓު  ތަޢާރަފްވެ ވައިގެ މަގުން ކުރެވޭ ދަތުރުތައް އަވަސްވެގެން ދިޔުމަށެވެ. އެހެން ނަމަވެސް ދުނިޔޭގެ ވައިގެ ދަތުރު ފަތުރުގެ އެންމެ ފުރަތަމަ ތާރީޚް ގުޅެނީ މަތިންދާ ބޯޓަކާއި ނޫނެވެ.

ވައިގެ ދަތުރުފަތުރުގެ ތާރީޚަށް ބަލާއިރު، މީލާދުގެ 2000 އަހަރު ކުރިންވެސް އިންސާނުން، ބޮޑެތި ގުޑިތައް (ކައިޓް) ބޭނުންކޮށްގެން އުސްތަންތަނުން ތިރިޔަށް ސަލާމަތްތެރިކަމާއި އެކު ފައިބައި އުޅުނެވެ. އެއީ ވައިގެ ދަތުރުގެ ފުރަތަމަ ފެށުމެވެ. އޭގެ ފަހުން 1783ގައި ހޮޓް އެއާ ބެލޫން އީޖާދުވުމާއި ދެމެދު ތިން ހާސް އަހަރު ހޭދަވިއެވެ. ހޮޓް އެއާބެލޫނަށް ފަހު، މި ޒަމާނުގެ މަތިންދާ ބޯޓުގެ ފެށުމަކީ، 1903 ވަނަ އަހަރު، ރައިޓް ބްރަދާސް އިން އީޖާދު ކުރި މަތިންދާ ބޯޓެވެ.

ދުނިޔޭގެ ވައިގެ ދަތުރުފަތުރު ކުރިއަރައި، މިއަދު ކޮންމެ ދުވަހަކު ވައިގެ މަގުން އެތައް މިލިޔަން ދަތުރެއް ކުރެވޭއިރު، އެއްވަގުތެއްގައި ދުނިޔޭގެ ވައިގެ ތެރޭގައި މިހާރުވެސް އެތައް ލައްކަ މަތިންދާ ބޯޓެއް ދަތުރު ކުރަމުން ދެއެވެ. އެހެން ނަމަވެސް ވައިގެ ދަތުރުފަތުރުގައި އިންސާނުން ބޭނުންވާހައި ފަސޭހަ އެއް ނުލިބެއެވެ.

މަތިންދާ ބޯޓަކީ އެއެއަށް ޚާއްޞަ އެއާޕޯޓުތަކަކުން ނޫނީ ފުރައި ޖެއްސޭ އުޅަނދުތަކަކަށް ނުވާތީ، ވައިގެ ދަތުރުފަތުރުގައިވެސް އުފުލަންޖެހޭ ތަކުލީފު ކުޑައެއް ނޫނެވެ. އެއާޕޯޓަށް ފޮށި ހިފައިގެން ދަތުރު ކުރުމާއި، އެއާޕޯޓުގައި ހޭދަވާ ވަގުތާއި، އެތައް ބައިވަރު ބައެއްގެ ތެރޭގައި ފިތިބާރުވެގެން އުޅެން ޖެހޭ އުޅުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެހެންވީމާ މަތިން ދާބޯޓަށްވުރެ ފަސޭހަ ގޮތެއް އިންސާނުން ބޭނުންވެއެވެ.

ވައިގެ ދަތުރުފަތުރަށް މުސްތަޤުބަލްގައި އަނެއްކާވެސް އިންޤިލާބީ ބަދަލެއް ގެންނާނެ ޑްރޯން ޓެކްނޮލޮޖީ ދުނިޔެއަށް ތަޢާރަފްވެ ޑްރޯން ޓެކްސީތައްވެސް ތަޢާރަފްވެއްޖެއެވެ. މިއާއެކު ސީދާ ދޮރުން ދޮރަށް ދަތުރު ކުރެވޭނެ މަގުތައް ފަހިވެގެން ދިޔައީއެވެ.

ޗައިނާގެ އީހަންގ ކުންފުންޏަކީ، ޑްރޯން ޓެކްސީ ތަރައްޤީކޮށް މިހާރު ބާޒާރަށް ނެރެފައިވާ ކުންފުންޏެކެވެ. އެކުންފުނިން އުފައްދާ ފައިވާ ޑްރޯންޓެކްސީތައް 1 އޭޕްރޯލް އިން ފެށިގެން ބައިނަލްއަޤުވާމީ މާކެޓަށް ހުޅުވާލާނެއެވެ.

އީހާންގްގެ އީއެޗް216-އެސް އަކީ، ހެލިކޮޕްޓަރު ފަދަ އުޅަނދެކެވެ. މިއުޅަނދުގައި ސީދާ ގޭގެ ފުރާޅަށް ނުވަތަ ގޭގެ ދޮރުމައްޗަށް ފޭބޭނެއެވެ. އޭގައި އެއްފަހަރާ ދެމީހުންނަށް ދަތުރު ކުރެވޭއިރު، މި އުޅަނދުގެ އަގަކީ 6.3 މިލިއަން ރުފިޔާއެވެ. 

އިހާންގް ކުންފުނި މަރުކަޒު ހުންނަނީ ގުއާންޒޫގައެވެ. އެކުންފުނީގެ އީއެޗް216-އެސް، އީކޮމާސް ގެ ބޮޑު ޕްލެޓްފޯމް އަލީ ބާބާގައި ވިއްކަނީ، 5.1 މިލިއަން ރުފިޔާއަށެެވެ.

މީގެ އިތުރުން ޗައިނާއިން މިހާރު ވަނީ 5 މީހުންނަށް އެއްފަހަރާ ދަތުރު ކުރެވޭ ވަރުގެ ޑްރޯންވެސް އުފައްދާފައެެވެ. އެހެންވެ މުސްތަޤުބަލުގައި ޑްރޯން ޓެކްނޮލޮޖީ އިތުރަށް ކުރިއަރައިގެންދާނެއެވެ.

ޓެކްނޮލޮޖީއާ ގުޅޭ ދިރާސާތައް ކުރާ ފަރާތްތަކުން ލަފާ ކުރާ ގޮތުގައި، 2050 ވަނަ އަހަރު އަންނައިރު، ދުނިޔޭގެ އާއްމު ދަތުރުފަތުރުގައި ބޭނުން ކުރެވޭ އެންމެ އާމު އުޅަނދަކަށް ވެގެންދާނީ ޑްރޯންއެވެ. މިހާރު ޑްރޯންގެ އަގު އަތްނުފޯރާ ފަށުގައި ހުއްޓަސް އެހެން އުޅަނދުތަކެކޭ އެއްފަދައިން ޑްރޯން ޓެކްސީގެ އަގުތައް ހެޔޮވެގެންދާނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.