Advertisement

ކޮންސްޓްރަކްޝަން މިނިސްޓަރ، ޑރ ޢަބްދުﷲ މުއްޠަލިބު --

21 Mar 2024
ޚަބަރު

ރަސްމާލެ ޕްރޮޖެކްޓެއް ނުހުއްޓޭ، ހުއްޓިފައި އޮތީ ބިން ހިއްކުން: މިނިސްޓަރ ޑރ. މުއްޠަލިބު

މިސަރުކާރުގެ އެންމެ ބޮޑު ހައުސިންގ މަޝްރޫޢުކަމުގައިވެސް ރަސްމާލެ މަޝްރޫޢު ނުހުއްޓ ކުރިޔަށްދާ ކަމަށާއ ހުއްޓިފައި ވަނީ، އެމަޝްރޫޢުގެ ބިންހިއްކުން ކަމުގައި، ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މުއްޠަލިބު މިހެން ވިދާޅުވީ، ސިނަމާލެ ބްރިޖްގެ މެއިންޓެނަންސް މަސައްކަތުގެ އިމްޕްލިމެންޓޭޝަން އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ނޫސްވެރިންނާއި ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މިނިސްޓަރ ޑރ. މުއްޠަލިބު ވިދާޅުވީ، ރަސްމާލެ މަޝްރޫޢަކީ ބަޖެޓުގައި ހިމެނިފައިވާ މަޝްރޫޢަކަށް ނުވާތީ، އެމަޝްރޫޢުގެ ކަންކަން ބަލަހައްޓަމުންދަނީ، ކޮންސްޓްރަކްޝަން މިނިސްޓްރީން ނޫންކަމަށެވެ. މިނިސްޓަރ ޑރ. މުއްޠަލިބު ވިދާޅުވީ، ބިންހިއްކުމުގެ މަސައްކަތް ހުއްޓިފައި އޮތީ، ރަސްމާލެ ހިއްކުމަށް ވެލި ނެގުމަށް ކަނޑައެޅި ސަރަހައްދުން ވެލި ލިބެން ނެތުމުގެ ސަބަބުން ކަމަށެވެ. އެގޮތުން ރަސްމާލެ ހިއްކުމަށް ބޭނުންވާ ވެލި ނަގާނެ ތަނަކާއި ގުޅޭ ގޮތުން ދިރާސާކުރަމުންދާ ކަމުގައިވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. މިނިސްޓަރ ޑރ. މުއްޠަލިބު ވިދާޅުވީ، ރަސްމާލެ ބިން ހިއްކުމުގެ މަޝްރޫޢު މިވަގުތައް ހުއްޓިފައި އޮތް ނަމަވެސް ބިންހިއްކުމަށް ބޭނުންވާ ސަރަހައްދުގެ ބަންޑްވޯލް އެޅުމުގެ މަސައްކަތް ހިނގަމުންދާކަމުގައި ވިދާޅުވިއެވެ.

ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވައިދެއްވި ރަސްމާލެ މަޝްރޫޢަކީ، ރާއްޖޭގެ އެންމެ ބޮޑު ތަރައްޤީގެ މަޝްރޫޢަށް ވެގެންދާނެ ކަމަށް ބެލެވުނެވެ.

ފުށިދިއްގަރު ފަޅުގައި ތަރައްޤީކުރާ ސަހަރަށް "ރަސްމާލެ"ގެ ނަމުން ނަންދެއްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނު ވަޢުދުވެވަޑައިގެންނެވި ގޮތަށް މަސައްކަތް ފަށާތާ 8 މަސްދުވަހުގެ ތެރޭގައި ފުށިދިއްގަރު ފަޅުގައި 1153 ހެކްޓަރުގެ ބިން ހިއްކަވާނެކަމަށެވެ. އެހެން ނަމަވެސް އެމަޝްރޫއު ފަށައިގެން ފުރަތަމަ ތިން މަސްދުވަސް ނިމުނު އިރު އަދި މިހާތަނަށް ހިއްކުނީ ވިއްސަކަށް ހެކްޓަރުގެ ބިމެވެ. 

ފުށި ދިއްގަރުފަޅުގައި ތަރައްޤީ ކުރާ ރަސްމާލެ މަޝްރޫޢު ކުރިޔަށް ގެންދަނީ ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ބެލުމުގެ ދަށުން ކަމުގައި ސަރުކާރުން ވަނީ ވިދާލުވެފައެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.