Advertisement

ހުޅުމާލެ ފޭސް 2ގައި ކުރެވުނު ޢީދު ނަމާދެއްގެ ތެރެއިން -- ފޮޓޯ: ފޭސްބުކް

20 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

ގްރޭޓާ މާލޭގެ ހަ ސަރަހައްދެއްގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރުމަށް ހަމަޖައްސައިފި

ގްރޭޓާ މާލޭގެ ހަ ސަރަހައްދެއްގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރުމަށް ހަމަޖައްސަވާފައިވާ ކަމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ވިދާޅުވެއްޖެއެވެ.

އެމިނިސްޓްރީން ހާމަކުރައްވާފައިވާ ގޮތުގައި، ފިޠުރު ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި ކުރުމަށް ހަމަޖައްސާފައި ވަނީ މާލޭގެ ދެމިސްކިތެއްގަޔާއި، ސްޓޭޑިއަމްގެ އިތުރުން، ވިލިމާލެ އާ ހުޅުމާލޭގެ ދެ ސަރަހައްދެއްގައެވެ.

ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރުމަށް ހަމަޖައްސަވާފައިވާ މިސްކިތްތަކާއި ސަރަހައްދުތައް؛

-  މާފަންނު ސްޓޭޑިއަމް

- އިސްލާމީ މަރުކަޒާއި އެ މިސްކިތުގެ ސަރަހައްދު

- ކިންގް ސަލްމާން މިސްކިތާއި އެމިސްކިތުގެ ސަރަހައްދު

- ވިލިމާލޭ ފުޓްބޯޅަ ދަނޑު

- ހުޅުމާލެ 1 ގެ ސިންތެޓިކް ޓްރެކް

- ހުޅުމާލެ 2 ގެ ކްރިކެޓް ސްޓޭޑިއަމް

މި އަހަރުގެ ފިޠުރު ޢީދު ދުވަސް ދިމާވަނީ މީލާދީ ކަލަންޑަރުން ބަލާއިރު މިއަންނަ ، އޭޕްރީލް 10 ވާ ބުދަ ދުވަހާއެވެ. ޒަމާނުއްސުރެ ދިވެހިރާއްޖޭގައި ޢީދު ނަމާދު ކުރަމުން އަންނަނީ، 7:30ގައި ނަމަވެސް މިއަހަރުގެ ފިޠުރު ޢީދުން ފެށިގެން، ޢީދު ނަމާދުކުރާ ގަޑިއަކީ 7:00 ކަމުގައި ހަމަޖައްސަވައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ވަނީ އެކަން އިޢުލާނު ކުރައްވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.