Advertisement

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް --

30 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

ހުޅުމާލޭގެ ދާއިރާތަކަށް އެމްޑީޕީން ވާދަކުރައްވާ ތިން ކެންޑީޑޭޓުންނަކީ، އެދާއިރާތައް އެންމެ ރަނގަޅަށް ތަމްސީލް ކުރައްވާނެ ބޭފުޅުން: ރައީސް ޞާލިޙް

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގައި، ހުޅުމާލޭގެ ތިންދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ ކެންޑިޑޭޓުންނަކީ އެދާއިރާތަކުގެ ރައްޔިތުންގެ އަޑު ރައްޔިތުންގެ މަޖިލީހުގައި އެންމެ ރަނގަޅަށް އިއްވައިދޭނެ މެމްބަރުންނަށް ވާނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރޭ ބޭއްވި ހުޅުމާލޭގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޞާލިޙް ވިދާޅުވީ، އެމްޑީޕީން ހުޅުމާލޭފެ ތިން ދާއިރާއަށް ކުރިމަތި ލެއްވި ތިން ކެންޑީޑޭޓުންނަކީވެސް، ހުޅުމާލޭގެ އެބޭފުޅަކު ކުރިމަތި ލެއްވި ދާއިރާއެއްގައި މިހާރުވެސް ދިރިއުޅުއްވަމުން ގެންދަވާ ބޭފުޅުންކަމަށެވެ. 

އަދި އެބޭފުޅުންނަކީ، ހުޅުމާލޭގެ ރައްޔިތުން އެންމެ ރަނގަޅަށް ރައްޔިތުންގެ މަޖިލީހުގައި ތަންމްސީލް ކުރައްވާނޭ ބޭފުޅުންކަމަށާއި، ކައިރިން ރައްޔިތުންނާއި ބައްދަލު ކުރައްވައި، ރައްޔިތުންގެ އަޑުއައްސަވާނެ ބޭފުޅުން ކަމުގައިވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ. 

"އަޑު އަހާނެ، އެއަޑު މަޖިލީހުގައި އިއްވާނެ، ތިޔަބޭފުޅުންނަށް ބޭނުން ޖެހިފަިއ ހުރި ކަންތައްތައް، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކުރުމަށްޓަކައި، ކުރަންޖެހޭ ހުރިހާ ކަމެއް، ވަރުބަލިކަމެއް ނެތި ކުރާނެ ކަމުގެ ޔަޤީންކަން އަޅުގަނޑަށް އެބައޮތް. އަދި ޕާޓީގެ ސިޔާސަތުތައް ދަމަހައްޓައި، މިސަރުކާރު ހަމަމަގަށް އެޅުވުމަށްޓަކައި، ކުރަންޖެހޭ އެއްވެސް ކަމެއް ފަސްނުޖެހި ކުރާނެ ކަމުގެ ޔަޤީންކަންވެސް އަޅުގަނޑަށް އެބައޮތް." 

އިބްރާހީމް މުޙައްމަދު ޞާލިޙް - ކުރީގެ ރައީސުލްޖުމްހޫރިއްޔާ 

ރައީސް ޞާލިޙް ވިދާޅުވީ، ހުޅުމާލޭގައި ދިރިއުޅުއްވާ ރައްޔިތުންނާއި، ދަފްތަރުގައި ހިމެނިފައި ތިބި ރާއްޖޭގެ ރައްޔިތުން، އެ ތިންބޭފުޅުންނަށް ވޯޓު ދެއްވައި، އެމްޑީޕީއަށް އެތިން ގޮނޑި ކާމިޔާބުކޮށްދެއްވުމަށް އެދޭ ކަަމަށެެވެ. 

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހުޅުމާލެ ދެކުނު ދާއިރާއަށް ވާދަކުރައްވަނީ، ޑރ. އަޙްމަދު ޝަމްހީދެވެ. ހުޅުމާލެ މެދު ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަ ކުރައްވަނީ، ސަފާތު އަޙްމަދު ޒާހިރެެވެ. އަދި ހުޅުމާލެ އުތުރު ދާއިރާއަށް ވާދަކުރައްވަނީ، މޫސާ ޢަލިމަނިކެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.