Advertisement

30 Mar 2024
ޚަބަރު

ސްކޫލުތަކުގެ އިމްތިހާނު ފަސްކުރަން ނިންމިއިރު، ބައެއް ސްކޫލުތަކުން ބައެއް އިމްތިހާނުތައް ބާއްވައިފި

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅިގެން ސްކޫލް ކުދިންގެ އިމްތިހާނު އަވަސް ކުރުމަށް ކުރިން ނިންމާފައި އޮތް ނަމަވެސް، އެކަން މިހާރު ބަދަލުކުރަން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުވަނީ ރޭ ވިދާޅުވެފައެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނަމަވެސް، މި މަހުގެ ކުރީކޮޅު އެޑިއުކޭޝަން މިނިސްޓްރީއިން އިމްތިހާނުތައް އަވަސްކުރުމަށް އެދި ސާކިއުލާ ފޮނުވުމާ ގުޅިގެން ބައެއް ސްކޫލުތަކުގެ ބައެއް އިމްތިހާނުތައް މިހާރު ބާއްވާފައިވާކަން މި ނޫހަށް ވަނީ އެނގިފައެވެ.

މި ހިންގާ މާޗު މަހުގެ 17 ވަނަ ދުވަހު ބާއްވާ ގޮތަށް ކުރިން ހަމަޖެހިފައިއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު، މި އަންނަ އެޕްރީލް މަހުގެ 21 ވަނަ ދުވަހަށް ފަސްކުރުމާ ގުޅިގެން، އެ ތާރީހާ ސްކޫލު ކުދިންގެ އިމްތިހާނާ ދިމާވާތީ، އިމްތިހާނު އަވަސް ކުރުމަށް މި މަހުގެ ކުރީކޮޅު ސަރުކާރުން ވަނީ ކުރިން ނިންމާފައެވެ.

މި ނިންމުމާ ގުޅިގެން މިނިސްޓްރީ އިން މި މަހުގެ ކުރީކޮޅު ސްކޫލުތަކަށް ފޮނުވި ސާކިއުލާގައި ބުނީ 2023/2024 ގެ ދިރާސީ ކަލަންޑަރުގައި ގްރޭޑު 7،8 އަދި 9ގެ ދަރިވަރުންގެ އިމްތިހާނު ބޭއްވުމަށް 16 އޭޕްރީލް އިން 27 އަށް ކަނޑައަޅާފައިވީ ނަމަވެސް، މަޖިލިސް އިންތިހާބާ އެ ތާރީހާ ދިމާވާތީ އިންތިހާބު ފަށާ ތާރީހަށް މިހާރު ބަދަލު ގެނެސްފައިވާ ކަމަށެވެ. އެގޮތުން މާޗު މަހުގެ 27 އާއި އަންނަ މަހުގެ 25 އާ ދެމެދު، ރަސްމީ ދުވަސްތަކުގައި އިމްތިހާނުތައް ބާއްވާ ނިންމަން އެ ސާކިއުލާގައި އެދިފައި އޮތެވެ. ނަމަވެސް އިމްތިހާނަށް ތައްޔާރުވުމަށް އޮތް މުއްދަތު ކުޑަ ވުމުން، ބެލެނިވެރިންނާ ދަރިވަރުން އެކަމާ ހިންހަމަ ނުޖެހުން ފާޅު ކުރިއެވެ.

މި މައްސަލައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ރޭގެ ޕްރޮގްރާމުގައި އިތުރަށް ވިދާޅުވެފައިވަނީ، އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއުއާ ވާހަކަފުޅު ދައްކަވައިގެން، އެ އިމްތިހާނުތައް އަވަސް ނުކުރާ ގޮތަށް ހަމަޖައްސާނެކަމަށާއި އެފަދަ ކަންކަން ރާއްވަވާނީ، ބެލެނިވެރިންނާއި ދަރިވަރުންނަށް ދަތިނުވާ ގޮތަށް ކަމަށެވެ.

ނަމަވެސް ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވިއިރު، މި ކަން އަދި ސްކޫލުތަކަށް މިނިސްޓްރީއިން އަންގާފައެއް ނުވެއެވެ. އެހެންކަމުން ކުރީގެ ސާކިއުލާއާ އެއްގޮތަށް ބައެއް ސްކޫލުތަކުން މިހާރު ވަނީ ބައެއް މާއްދާތަކުގެ އިމްތިހާނުތައް ބާއްވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.