Advertisement

ސްޓެލްކޯއިން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---

29 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

ސްޓެލްކޯއިން އެކުންފުނީގެ ޚަރަދުގައި ހަައްޖާއި އުމްރާއަށް ފޮނުވާނެ މުވައްޒަފުން ހޮވައިފި

މިއަހަރުގެ ހައްޖާއި ޢުމުރާގެ އަޅުކަމަށް ފޮނުވާނޭ މުވައްޒަފުން ސްޓެލްކޯއިން ހޮވައިފިއެވެ.

ސްޓެލްކޯއިން ހާމަކޮށްފައިވާ ގޮތުގައި، ހައްޖު އަދި އުމްރާގެ އަޅުކަމުގެ ފުރުސަތު ލިބޭ މުވައްޒަފުން ގުރުއަތުން ހޮވާފައިވަނީ ރަމަޟާން މަސް އިހުޔާ ކުރުމަށާއި، ކުންފުނިން މުވައްޒަފުންނަށްދޭ ތަރާވީހާއި، ކުންފުނިން ދޭ ހައްޖު އަދި އުމްރާގެ ފުރުސަތަށް ގުރުއަތު ނެގުމަށާއި، ކުންފުންޏަށް ގިނަ ދުވަހު ޚިދުމަތްކޮށްދެއްވާފައިވާ މުވައްޒަފު، ޖެނެރަލް މެނޭޖަރ ހަސަން ހުސައިން ރިޓަޔާރ ކުރެއްވުމާއި ގުޅިގެން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައެވެ.

ސްޓެލްކޯއިން ބުނީ، މި އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ހުޅުވާލި ފުރުސަތަށް އިޖާބަދީ، ހައްޖުގެ އަޅުކަން އަދާކުރުމަށް އެދި ހުށަހެޅި 116 މުވައްޒަފުން ހުށައަޅާފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން ޝަރުތު ފުރިހަމަވެފައި ވަނީ 98 މުވައްޒަފުންކަމަށާއި ގުރުއަތުނަގާފައި ވަނީ އެމުވައްޒަފުންގެ މެދުގައި ކަމަށެވެ.

މިގޮތުން ފިރިހެން މުވައްޒަފުންގެ ތެރެއިން މިއަހަރު ކުންފުނީގެ ޚަރަދުގައި ހައްޖުގެ އަޅުކަމަށް ފޮނުވުމަށް ހޮވިފައި ވަނީ، ހުޅުމާލެ އިންޖީނުގޭގައި ވަޒީފާ އަދާކުރާ، ޢަބްދުﷲ ޢާމިރު އާއި، ކާށިދޫ އިންޖީނުގޭގައި ވަޒީފާ އަދާކުރާ، މުޙައްމަދު ޢާދިލް އެވެ.

އަންހެން މުވައްޒަފުންގެ ތެރެއިން ހޮވިފައިވަނީ، ވިލިގިލި އަވަށު އިންޖީނުގޭގައި ވަޒީފާ އަދާކުރަމުންދާ ގެންދާ ޢައިޝަތު ޝިޒްނާއެވެ.

އުމްރާގެ އަޅުކަން އަދާކުރުމަށް ބޭނުންވާ މުވައްޒަފުންނަށް ހުޅުވާލި ފުރުޞަތުގައި، 263 ފަރާތަކުން ހުށަހެޅި އިރު، ޝަރުތުހަމަވެފައި ވަނީ 254 މުވައްޒަފުންނެެވެ. އޭގެ ތެރެއިން ގުރުއަތުން ހޮވިފައި ވަނީ،  އދ. ދަނގެތި އިންޖީނުގޭގައި ވަޒީފާ އަދާކުރަމުންދާ، ޢާޒިމް އާދަމްއާއި، އެކުންފުނީގެ ރިނިއުވަބަލް އެނާޖީ ޑިޕާޓްމަންޓްގައި ވަޒީފާ އަދާކުރަމުންދާ، މުޙައްމަދު ޢާރިފާއި، ފައިނޭންސް އެންޑް އެކައުންޓްސް ޑިޕާޓްމަންޓްގައި ވަޒީފާ އަދާކުރާ، ޚަދީޖާ އިފާޝާއެވެ.

ސްޓެލްކޯއިން ހާމަކުރައްވާފައިވާ ގޮތުގައި، އެކުންފުނިން ދެމުން ގެންދާ ހައްޖުގެ އަޅުކަމުގެ ފުރުސަތު ދެނީ ކުންފުންޏަށް 15 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރުމުގައި ދެމިތިބޭ މުވައްޒަފުންގެ ތެރެއިން އެކަމަށް އެދި ކުރިމަތިލާ މުވައްޒަފުންގެ ތެރެއިން ހޮވޭ މުވައްޒަފުންނަށެވެ. އަދި އުމްރާގެ އަޅުކަމުގެ ފުރުސަތު ދެނީ ފަސް އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކޮށްދީފައިވާ މުވައްޒަފުންގެ ތެރެއިން އެކަމަށް އެދި ކުރިމަތިލާ މުވައްޒަފުންގެ ތެރެއިން ހޮވޭ މުވައްޒަފުންނަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.