Advertisement

އިބްރާހީމް މުޙައްމަދު ޞާލިޙް - ކުރީގެ ރައީސުލްޖުމްހޫރިއްޔާ

30 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

ރައްޔިތުންނަށް އޮޅުވާލުމަށްޓަކައި ސަރުކާރުން ދަނީ އިތުރު ދޮގުތައް ހަދަމުން: ރައީސް ޞާލިޙް

މިސަރުކާރު ވެރިކަމަށް އައީވެސް ދޮގު ވާހަކަތައް ދައްކައިގެން ކަމަށާއި، އެދޮގުތައް ފޮރުވުމަށް ސަރުކާރުން ދަނީ ރައްޔިތުންނަށް އޮޅުވާލައި އިތުރު ދޮގުތައް ހަދަމުން ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އެމްޑީޕީގެ ޓިކެޓްގައި ހުޅުމާލޭގެ ދާއިރާތަކަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމަށް ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޞާލިޙް ވިދާޅުވީ، މިސަރުކާރު ހަމަ މަގަށް އެޅުވުމަށްޓަކައި، މިއަދު ކުރެވެން އޮތް އެންމެ މުހިއްމު ކަމަކީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ހޯދުން ކަމަށެވެ. 

"އިރާދަކުރައްވިއްޔާ! ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީއާއެކުގައި، މިސަރުކާރުން ރައްޔިތުންނަށް ހަދަމުން އެދާ ދޮގުތައް، ހާމަކުރުވައި، ހަމަމަގަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިސަރުކާރު އަޅުވާނަން."  

އިބްރާހީމް މުޙައްމަދު ޞާލިޙް -- ކުރީގެ ރައީސް

ރައީސް ޞާލިޙްގެ ވާހަކަފުޅުގައި ވިދާޅުވީ، ވެރިކަމަށް ވަޑައިގެންނެވުމަށް މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހައްދަވަމުން ގެންދެވި ދޮގުތަކުގެ ތެރޭގައި، އެްކަމަކަށް ދެއްކެވި އެއް ވާަހަކައަކީ، މުޅި ރާއްޖޭގައި ހަތިޔާރު އެޅި ގިނަ އަދަދެއްގެ ބޭރުގެ ސިފައިން އުޅޭ ކަމުގެ ވާހަކަ ކަމަށެވެ. މިގޮތުން އެއަދަދު ހާހުން ދެހާހުން ގުނޭ ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވި ކަންވެސް ރައީސް ޞާލިޙް ފާހަގަކުރެއްވިއެވެ.

ރައީސް ޞާލިޙް ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގެ ތެރޭގަިއ އެމްޑީޕީއާ އިދިކޮޅު ކެންޑިޑޭޓުން ރަށްރަށުގައި ހިނގައި ނޫޅެވޭ ވަރަށް އެރަށްރަށުގައި ބޭރުގެ ސިފައިން ތިބި ކަމުގެ ވާހަކަތައް ދައްކާފައިވާ ކަމަށެވެ. 

"އެހެން ނަަމަވެސް މިއަދު އެވާހަކަތަކެއް ނެތް. ދިމާއަށް ބޮޑު ބުހުތާނު ދޮގެއް ހެދިކަން މިހާރު ހުރިހާ ރައްޔިތުންނަށް އެބަ އެނގޭ. އަދި މިއޮތް އުތުރު ތިލަފަޅުގައި، ހަތިޔާރު އެޅި އިންޑިއާ ސިފައިން ތިބިކަމަށް ބުނެ، އެ ރޯހިތު ހޯދަން ލޯންޗުގައި ވީޑިއޯ ކެމެރާ އާއި ސްޓިލް ކެމެރާ ހިފައިގެން ދިޔައީ"

އިބްރާހީމް މުޙައްމަދު ޞާލިޙް -- ކުރީގެ ރައީސް

ރައީސް ޞާލިޙްގެ ވާހަކަފުޅުގައި، އުތުރު ތިލަފަޅާއި ގުޅުވައިގެން މިހާރުގެ ސަރުކާރާއި މިހާރުގެ ސަރުކާރަށް ވާގިވެރިވި ފަރާތްތަކުން ފެތުރި ދޮގު ވާހަކަތަކުގެ މައްޗަށްވެސް އަލިއަޅުއްވައިލެއްވިއެވެ.

މީގެ އިތުރުން ރައީސް ޞާލިޙް ވަނީ މިސަރުކާރުން ފެށީ ފުށި ދިއްގަރުފަޅުގައި ރަސްމާލެ ތަރައްޤީ ކުރުމުގެ މަޝްރޫޢާ ގުޅޭ ގޮތުންވެސް ވާހަކަފުޅު ދައްކަވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.