Advertisement

މިދިޔަ އަހަރު ގޮވާމުން ފިޠުރު ޒަކާތް ބެހުން -- ފައިލް ފޮޓޯ

29 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަހުގައި ފިޠުރު ޒަކާތުގެ ގޮތުގައި 1.6 މިލިއަން ރުފިޔާ ދައްކައިފި

މި ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަހުގައި ފިޠުރު ޒަކާތުގެ ގޮތުގައި، އާއްމުން 1.6 މިލިއަން ރުފިޔާ ދައްކާފައިވާ ކަމުގައި މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ.

މޯލްޑިވުސް ޒަކާތު ހައުސްއިން ހާމަކޮށްފައިވާ ގޮތުގައި، ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަހު ފިތުރު ޒަކާތުގެ ގޮތުގައި، 1،599،113ރ (އެއްމިލިޔަން ފަސްލައްކަ ނުވަދިހަނުވަހާސް އެއްސަތޭކަ ތޭރަ ރުފިޔާ) ވަނީ ދައްކާފައެވެ. މިގޮތުން އެހާތަނަށް، 38،681 މީހުން ވަނީ ފިޠުރު ޒަކާތް ދައްކާފައެވެ. އަދި ތަފާސް ހިސާބުން ހާމަވާ ގޮތުގައި އެންމެ ގިނަ މީހުން ފިޠުރުޒަކާތް ދައްކާފައި ވަނީ އާދައިގެ ހަނޑުލުގެ އަގުންނެވެ. މިގޮތުން، 22،759 މީހަކު، އާދައިގެ ހަނޑުލުން ޒަކާތް ދައްކާފައި ވެއެވެ. ދެވަނައަށް އެންމެ ގިނަ މީހުން ޒަކާތް ދައްކާފައި ވަނީ ބާސްމަތީ އާދައިގެ ހަނޑުލުންނެވެ. އެއީ 5208 މީހުންނެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހާމަކުރައްވާފައިވާ ގޮތުގައި، އާދީއްތަ ދުވަހުން ފެށިގެން، އިސްލާމީ މަރުކަޒުގެ ހޯލުގައި ޒަކާތް ބަލައިގަންނާނީ ހުކުރު ހޮނިހިރު ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 11:00 އިން މެންދުރު ފަހު 2:00 އަށެވެ. ގޮވާމުން ޒަކާތް ބަލައިގަންނާނީ އާދިއްތަ ދުވަހުން ފެށިގެން އޭޕްރީލް 8ގެ ނިޔަލަށް ހުކުރު އަދި ހޮނިހިރު ފިޔަވާ ކޮންމެ ދުވަހެއްގެ މެންދުރުފަހު 1:00 އިން ހަވީރު 4:00 އަށެވެ.

ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ފިޠުރު ޒަކާތަކީ، އީދު ދުވަހާއި އެރޭ ތިމާ އާއި ތިމާގެ އަނބިދަރިން ކެއިން ބުއިމަށް ބޭނުންވާ މިންވަރަށް ވުރެ އިތުރަށް އަތުގައި ހުރެއްޖެ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވާ ޒަކާތެވެ. މިގޮތުން ރަމަޟާން މަހުގެ ފަހު ދުވަހު އުފަންވާ ކުއްޖާގެ މަތިންވެސް ފިޠުރުޒަކާތް ނެރުން ވާޖިބުވާނެއެވެ. 

ރާއްޖޭގެ އާބާދީ މިހާރު ހުރީ ބައި މިލިޔަނުގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.