Advertisement

ޖީހާން މަޙްމޫދު - ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު

31 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

ވެރިކަމަށް ހަތަރު މަސްވީއިރު ރައީސާއި ދިމާއަށް ތިޔަހަދަނީ ދޮގޭ ރައްޔިތުން ވަނީ ބުނަންފަށާފައި: ޖީހާން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމަށް އެންމެ ހަތަރު މަސްވީއިރު، ރައްޔިތުން އެމަނިކުފާނުގެ ކުރިމައްޗަށް އަރައި ތިޔަހަދަނީ ދޮގުކަމުގައި ބުނަންފަށައިފި ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު އަދި އެދާއިރާއަށް އެމްޑީޕީގެ ޓިކެެޓްގައި ވާދަކުރައްވާ ކެންޑިޑޭޓް ޖީހާން މަހުމޫދު ވިދާޅުވެއްޖެއެވެ.

ޖީހާން މިހެން ވިދާޅުވީ، އެދާއިރާގެ ރައްޔިތުންނާއިއެކު މިރޭ ބޭއްވި ތަރާވީސް ފަރިއްކޮޅުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. މިބައްދަލުވުމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ޖީހާން ވިދާޅުވީ، ރައީސުލްޖުމްހޫރިޔާ ކަމުގެ މަޤާމުގައި ރައީސް ޞާލިޙް 5 އަހަރުގެ ދައުރެއް ފުރިހަމަ ކުރެއްވި އިރު، އެމަނިކުފާނާއި ނުރުހިގެން ރައްޔިތުން އެއްޗެހި ނުބުނާކަމަށެވެ. އެހެން ނަމަވެސް މިއަދު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޑޯޓުޑޯއަށް ނުކުމެ އުޅުއްވަނިކޮށް، މެދު ހެންވޭރު ދާއިރާގެ ރައްޔިތުން ނުރުހުން ފާޅުކުރުން ފާހަގަކުރައްވަމުން ޖީހާން ވިދާޅުވީ، ރައީސް މުއިއްޒުގެ ވެރިކަމަށް އެންމެ ހަތަރު މަސްވީއިރު އެމަނިކުފާނުގެ ކުރިފުޅުމަތީގައި، ތިޔަ ހައްދަވަނީ ދޮގޭ ރައްޔިތުން ބުނަން ފަށައިފި ކަމަށެވެ. އެއީ މިއަދު ހާލަތު ފެންނަ ހަޤީޤަތެއްކަން ފާހަގަކުރައްވައި ޖީހާން ވަނީ އެއީ މިސްރާބު ހަމަމަގަން އަޅުވަންޖެހޭ ސަބަބު ކަމަށެވެ.

ޖީހާން ވަނީ، އެމްޑީޕީއަށް މެޖޯރިޓީ މުހިއްމުވާ ސަބަބުތައްވެސް ވިދާޅުވެދެއްވާފައެވެ. މިގޮތުން ސަރުކާރު ޖަވާބުދާރީ ކުރުވައި، މަޝްރޫޢުތައް ހިންގުމަށް ބާރުއެޅޭނީ، އެގޮތުން ކަމުގައި ޖީހާންގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

ހޮނިހިރު ދުވަހު ރައީސް ޑރ. މުހައްމަދު މުޢިއްޒު މަޖިލިސް ކެމްޕޭނުގައި ހެންވޭރު މެދުދާއިރާގެ ޕީއެންސީ ކެންޑިޑޭޓާއި އެކު ޑޯޓުޑޯގައި ހިންގަވަނިކޮށް، އެދާއިރާގެ ރައްޔިތުންގެ ތެރެއިން ބަޔަކު ވަނީ ރައީސް ޑރ. މުއިއްޒާއި މަގުމަތިން ދިމާކޮށް ނުރުހުންފާޅުކޮށް އެމަނިކުފާނު އިތުރުފުޅު ހައްދަވާ ކަމުގައި ބުނެފައެވެ. އޭގެ ޖަވާބުގައި ރައީސް ޑރ. މުޢިއްޒު ވަނީ އެމަނިކުފާނުގެ މައްޗަށް ކުރައްވާ ތުހުމަތުތަކާއި އެމަނިކުފާނާއި ގުޅޭގޮތުން އެރައްޔިތުން ދެއްކެވި ވާހަކައަކީ ހުސްދޮގުކަމުގައި ވިދާޅުވެ އެރައްޔިތުންނަށް ޖަވާބު ދެއްވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.