Advertisement

އެއްބަސްވުމުގައި ސޮއެކުރުން -- ފޮޓޯ: އެޑިޔުކޭޝަން މިނިސްޓްރީ

29 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

ޏ.އަތޮޅު ތަޢުލީމީ މަރުކަޒުގައި 5 ބުރީގެ ޢިމާރާތެއް އެޅުމުގެ މަސައްކަތް އަމިއްލަ ކުންފުންޏަކާއި ހަވާލުކޮށްފި

ޏ.އަތޮޅު ތަޢުލީމީ މަރުކަޒުގައި 5 ބުރީގެ ޢިމާރާތެއް އެޅުމުގެ މަސައްކަތު އެއްބަސްވުމުގައި އަމިއްލަ ކުންފުންޏަކާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ސޮއިކޮށްފިއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ހާމަކުރައްވާފައިވާ ގޮތުގައި، ޏ. ފުވައްމުލަކުގައި ހުންނަ، ޏ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ފަސްބުރީގެ އައު އިމާރާތެއް އެޅުމުގެ މަސައްކަތް ބުރާސްފަތި ދުވަހު ހަވާލުކޮށްފައި ވަނީ، ޓިކް ޓެކް އިންވެސްޓްމެންޓް ނަމަކަށް ކިޔާ ކުންފުންޏަކާއެވެ. 35.9 މިލިއަން ރުފިޔާއަށް އެކުންފުންޏަށް މިމަޝްރޫޢު ހަވާލުކޮށްފައި ވަނީ 420 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

މީގެ އިތުރުން، ޅ. އޮޅުވެލިފުށީ ސްކޫލުގައި 10 ކްލާސްރޫމް ހިމެނޭ 2 ބުރީގެ ޢިމާރާތެއް އެޅުމުގެ މަސައްކަތް، ވީއަވަރ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށް އެމަޝްރޫޢުގެ އެއްބަސްވުމުގައިވެސް ބުރާސްފަތި ދުވަހު ވަނީ ސޮއެކޮށްފައެވެ. އެކުންފުންޏާއި މަސައްކަތް ހަވާލުކޮށްފައި ވަނީ 10.4 މިލިޔަން ރުފިޔާއަށް، އެއް އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.