Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު --

29 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

ވެރިކަމުގެ ފުރަތަމަ 4 މަސް ދުވަސް މިދިޔައީ ވަރަށް ރަނގަޅަށް: ރައީސް

ވެރިކަމުގެ ފުރަތަމަ 4 މަސް ނިމިގެން މިދިޔައީ، ޖުމުލަ ގޮތެއްގައި ވަރަށް ރަނގަޅަށް ކަމުގައި، ރައީސުލްޖުމްހޫރިއްުޔާ، ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ޕީއެސްއެމް ނިއުސްއަށްދެއްވި ޚާއްޞަ ބަސްދީ ގަތުމުގައެވެ. 45 މިނިޓްގެ މިބަސްދީ ގަތުމުގައި ސަރުކާރުގެ ސިޔާސަތުތަކާއި ގުޅޭ ގޮތުންނާއި ކުރިޔަށް ރާއްވަވާ ކަންކަމާއި ގުޅޭ ގޮތުންވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.

މިވެރިކަމުގެ ފުރަތަމަ ހަތަރު މަސް ދުވަސް މިވޭތުވެ ދިޔައީ ޖުމުލަ ގޮތެއްގައި ވަރަށް ރަނގަޅަށް ކަމުގައި ފާަހަގަކުރެއްވުމަށްފަހުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވި އިރު ޤައުމުގެ އިޤުތިޞާދު އޮތީ ފުންވަޅުގަނޑެއްގައި ކަމަށެވެ. މިގޮތުން ރާއްޖޭގެ ދަރަންޏާއި މެދު އެމަނިކުފާނު ދައްކަވާ ވާހަކަފުޅު މިބަސްދީގަތުމުގައިވެސް އެމަނިކުފާނު ތަކުރާރު ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ފައިސާ ޗާޕުކުރުމުގެ ސަބަބުން ދިވެހި ފައިސާގެ އަގު ވެއްޓި ޑޮލަރުގެ އަގު ވިހިރުފިޔާއާ ހަމަަކަށް ދިޔަކަމުގައި ހީފުޅުވި ކަމަށެވެ. އެހެންވެ އިޤުތިޞާދު ހީނަރުވެ ކުދި ވިޔަފާރިތައްވެސް އޮތީ ގާތްގަނޑަކަށް ހުއްޓުމަކާއި ހަމައަށް ގޮސްފައި ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެހެން ނަމަވެސް މި ހަތަރު މަސްދުވަހުގެ ތެރޭގައި އިޤުތިޞާދީ ގޮތުން ރަނގަޅު ނަތީޖާތަކެއް ހޯދެމުން އަންނަ ކަމުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

"މިހަތަރު މަސް ތެރޭގައި އަޅުގަނޑުމެންނަށްވާނީ، ފައިސާ ޗާޕުކުރުން ހުއްޓާލުން އެންމެ ބޮޑުކަމަކަށް ކުރެވިފައި. އޭގެ ސަބަބުން ފައިސާގެ އަގު އެބަ ހިފެހެއްޓޭ. އަދި ރަނގަޅުވަމުން ދަނީ އިރާދަކުރެއްވިއްޔާ! ދެން ޓައިމް ނަގާނެ ހަމަ، އަޅުގަނޑުމެން ކުރެވޭ މަސައްކަތް، ގިނަ ކަންތައްތަކެއް އެކީގައި ކުރެވެމުން މިދަނީ."

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 

ރައީސް ޑރ މުއިއްޒު ވިދާޅުވީ، އިޤުތިޞާދީ ފިޔަވަޅުތަކުގެ ސަބަބުން ރަނގަޅު ނަތީޖާތަކެއް ފެންނަމުން އެބަދާކަމަށެވެ. އަދި އިންވެސްޓް ކުރާނެ ފަރާތްތައް އެބަލިބޭ ކަމަށާއި މިހާރު އިންވެސްޓް ކުރާނެ ފަރާތްތައް ގިނަ ކަމަށާއި، ޓޫރިޒަމާއި އެހެނިހެން ދާއިރާތަކުންވެސް ވަރަށް ގިނަ ހުށައެޅުންތައް ލިބެމުން އަންނަ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން މިސަރުކާރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ކުރެވިފައިވާ މުހިއްމު މަސައްކަތްތައް ފާހަގަކުރައްވައި، ރައީސް ޑރ. މުއިއްޒު ވިދާޅުވީ، މިހަތަރު މަސްދުވަހުގެ ތެރޭގައި ކުރެއްވުނު މަސައްކަތްތަކާއި މެދު އެމަނިކުފާނު ހިތްޕުޅުހަމަޖެހިވަޑައިގަންނަވާކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.