Advertisement

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު --

08 Apr 2024
ޚަބަރު
ޢަލީ ސުލައިމާން

އީ-ޕެޓިޝަންގެ ނިޒާމުގެ ސިޔާސަތު ކަރުދާހަށް ޢާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލައިފި

ރައްޔިތުންގެ މަޖިލީހުގެ އިދާރާއާއި ޔޫ.އެން.ޑީ.ޕީ ގުޅިގެން ތަޢާރަފް ކުރުމަށް ހަމަޖެހިފައިވާ އީ-ޕެޓިޝަންގެ ނިޒާމުގެ ސިޔާސަތު ކަރުދާހަށް ޢާންމުންގެ ޚިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހުޅުވާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވިދާޅުވީ، މިކަރުދާހަށް ޚިޔާލު ހުށައަޅަން ބޭނުންވާ ފަރާތްތަކަށް މިއޭޕްރީލްމަހުގެ 29ވާ ހޯމަ ދުވަހުގެ މެންދުރު 12:00 އާއި ހަމައަށް ފުރުޞަތު ހުޅުވާލާފައި ވާކަމަށެވެ. މިގޮތުން ޚިޔާލު ހުށައެޅުއްވޭނީ އީމެއިލުންނާއި ޕޯޓަލް މެދުވެރިކޮށް ކަމުގައި މަޖިލީހުގެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.

މިގޮތުން ޚިޔާލު ހުށައަޅުއްވަންވީ އީމެއިލް އެޑްރެސް:

[email protected]

ޚިޔާލު ހުށައަޅުއްވަންވީ ޕޯޓަލް ލިންކް:

http://forms.office.com/e/1EUi4ibQve

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވިދާޅުވީ، މިސިޔާސަތުގައި ހިމެނޭ މުހިއްމު މަފްހޫމްތަކާއި މިނިޒާމް ތަރުތީބު ކުރެވިފައިވާ ގޮތް ތަފްސީލްކޮށްދިނުމަށްޓަކައި މައުލޫމާތު ދިނުމުގެ ޚާއްޞަ ބައްދަލުވުންތަކެއްވެސް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިގޮތުން މިކަމާއި ގުޅޭ ބައްދަލުވުންތައް މި އޭޕްރީލް މަހުގެ 24 އަދި 25 ވަނަ ދުވަހު އޮންނާނެ ކަމަށާއި، 24 ވަނަ ދުވަހު ބާއްވާ ބައްދަލުވުން ޚާއްޞަކޮށްފައި ވަނީ ސަރުކާރުގެ އިދާރާތަކާއި، ސިޔާސީ ޕާޓީތަކާއި، ޔުނިވަސިޓީތަކާއި މަދަނީ ޖަމިއްޔާތަކަށް ކަމުގައި މަޖިލީހުގެ އިދާރާއިން ވިދާޅުވެފައި ވެއެވެ. މިބައްދަލުވުން އޮންނާނީ އެދުވަހުގެ ހެނދުނު 10:00ގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގައެވެ. 

މީގެ އިތުރުން މިކަމާއި ގުޅިގެން އާއްމުންނަށް މައުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ އޭޕްރީލް 25 ވަނަ ދުވަހުގެ ހަވީރު 4:00ގައި މަޖިލީހުގެ އިދާރާގައި ކަމަށްވެސް މަޖިލީހުގެ އިދާރާއިން ހާމަކުރައްވާފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.