Advertisement

ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި ރާބިޠާގެ އިސްބޭފުޅުން --

09 Apr 2024
ޚަބަރު
ޢަލީ ސުލައިމާން

ރާބިޠާއަށް ޑރ ޝަހީމް ޢައްޔަނުކުރައްވައިިފި

މުސްލިމު ވޯލްޑްލީގު (ރާބިޠަތުލްޢާލަމީލް އިސްލާމީ) ގެ އެންމެ މަތީ މަޖްލީހުގެ މެންބަރަކަށް ދިވެހިރާއްޖޭގެ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ޢައްޔަންކުރައްވައިފިއެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ވިދާޅުވީ، އެމަޖިލީހަށް ޑރ. ޝަހީމް ޢައްޔަނުކުރެއްވުމަށްފަހުގައި ބާއްވާ ފުރަތަމަ ބައްދަލުވުމުގައި އެމަނިކުފާނު ބަިއވެރިވެވަޑައިގަންނަވާނެ ކަމަށެވެ. މިގޮތުން މިބައްދަލުވުން އޮންނާނީ މިމަހުގެ 23 ވަނަ ދުވަހުގައި މައްކާގައެވެ.

ރާބިޠަތުލްޢާލަމީލް އިސްލާމިއްޔާއަކީ، 1962 ވަނަ އަހަރު އުފެއްދި ދުނިޔޭގެ މުސްލިމް ޤައުުމުތައް ބައިވެރިވާ ޖަމިއްޔާއެކެވެ. މިޖަމިއްޔާގެ އޮފީހެއް ދިވެހިރާއްޖޭގައިވެސް ހުންނައިރު، މިޖަމިއްޔާގެ މައި އޮފީސް ހުންނާނީ މައްކާގައެވެ.

ރާބިޠާގެ އެންމެ މަތީ މަޖްލީހަކީ އިސްލާމީ ދުނިޔޭގައި ފާހަގަކޮށްލެވޭ އިލްމީ ޝަޚުޞިއްޔަތުތައް ހިމެނޭހެން އެކުލެވިގެންވާ ރާބިޠަތުލްޢާލަމިލްއިސްލާމީގެ އެންމެ މަތީ މަޖިލީހެއް ކަމުގައި އިސްލާމިކް މިނިސްޓްރީން ހާމަކުރައްވާފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.