Advertisement

ހަނދުު ބެލުން --

08 Apr 2024
ޚަބަރު

ރާއްޖެއަށް ވެސް އީދު ދުވަހަކީ ބުދަ ދުވަސް

މާދަމާ އަކީ މިއަހަރުގެ ރަމަޟާން މަހުގެ 30 ވަނަ ދުވަސްކަމަށާއި، މިއަހަރުގެ ފިތުރު އީދު ދުވަހަކީ، 10 އޭޕްރީލް 2024ވާ ބުދަ ދުވަސް ކަމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކަނޑައަޅައިފިއެވެ.

މިގޮތަށް ނިންމަވާފައި ވަނީ ދިވެހިރާއްޖޭގެ އެއްވެސް ތަނަކަށް އަދި އިސްލާމީ އެއްވެސް ޤައުމަކަށްވެސް ހަނދު ފެނިފައި ނުވާތީއެވެ. ސަޢޫދީ އަރަބިއްޔާއިންވެސް ކަނޑައަޅާފައި ވަނީ އެޤައުމަށް ހަނދުސާބިތު ކުރެވިފައި ނުވާތީ މިއަހަރުގެ ފިޠުރު ޢީދު ދުވަހަކީ، 10 އޭޕްރީލް 2024ވާ ބުދަ ދުވަސް ކަމަށެވެ.

މިއަހަރުން ފެށިގެން ސަރުކާރުން ވަނީ ރާއްޖޭގައި ފިޠުރު ޢީދު ނަމާދު ކުރާ ވަގުތަށް ބަދަލު ގެނެސްފައެވެ. އެހެން ކަމުން މިއަހަރުންފެށިގެން ދެން ރާއްޖޭގައި ޢީދު ނަމާދު ކުރާނީ ހެނދުނު 7:00 ގައެވެ. ގްރޭޓާ މާލެ ސަރަހައްދުގެ 5 ތަނެއްގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރުމަށް ވަނީ ނިންމާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.