Advertisement

ހުޅުމާލޭގައި ޢީދު ނަމާދު ކުރުން --

10 Apr 2024
ޚަބަރު
ޢަލީ ސުލައިމާން

މާލެ އާ އަތޮޅުތަކުގައި ބޮޑު ޖަމާޢަތްތަކުގައި ޢީދު ނަމާދުކޮށްފި

މާލެ އާއި އަތޮޅުތަކުގެ ރަށްރަށުގައި ބޮޑު ޖަމާއަތްތަކުގައި އީދު ނަމާދުކޮށްފިއެވެ.

މާލޭގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރުން ކުރިޔަށްދިޔައީ، މާފަންނު ސްޓޭޑިއަމްގަޔާއި އިސްލާމީ މަރުކަޒު އަދިން ކިންގ ސަލްމާން މިސްކިތުގައެވެ.

ހުޅުމާލޭގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކޮށްފައި ވަނީ، ހުޅުމާލެ ސިންތެޓިކް ޓްރެކްގަޔާއި، ހުޅުމާލެ ފޭސް-2 ގެ ހުސްބިމުގައެވެ. ވިލިމާލޭގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކޮށްފައި ވަނީ ވިލިމާލެ ފުޓުބޯޅަ ދަނޑުގައެވެ.

އަތޮޅުތަކުގެ ގިނަ ރަށްރަށުގައި، ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކޮށްފައި ވަނީ ސްޓޭޑިއަމްތަކާއި، ފުޓުބޯޅަ ނުވަތަ ފުޓުސަލް ދަނޑުތަކުގައެވެ.

މިއަހަރަކީ ޢީދު ނަމާދުކުރާ ވަގުތަށް ބަދަލު ގެނެސް ޢީދު ނަމާދު ކުރި ފުރަތަމަ ފަހަރެވެ. މިއަދުންފެށިގެން ދެން ކޮންމެ ޢީދެއްގައިވެސް ރާއްޖޭގައި ޢީދު ނަމާދު ކުރާނީ ހެނދުނު 7:00ގައި ކަމަށް ސަރުކާރުން ވަނީ ކަނޑައަޅުއްވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.