Advertisement

ފުށިދިއްގަރު ފަޅުގެ ބިންހިކުމުގެ މަސައްކަތް -- ފައިލް ފޮޓޯ

09 Apr 2024
ޚަބަރު
ޢަލީ ސުލައިމާން

ޤަވާއިދު ބަދަލުކޮށްގެން ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުން ވެލި ނަގާތީ އެމްޑީޕީން ކަންބޮޑުވުންފާޅުކޮށްފި

މާލެއަތޮޅުގައި ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުން ބިން ހިއްކުމަށް ވެލި ނެގޭ ގޮތަށް ޤަވާއިދަށް ގެނައި އިސްލާޙާއި މެދު އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެމްޑީޕީގެ ފަރާތުން ބާއްވަމުން އަންނަ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުންތަކުގެ ތެރެއިން، ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެމްޑީޕީގެ މަޖިލިސް ކެންޕޭންގެ ސްޕޯކްސްޕަރސަން އަދި ރައްޔިތުންގެ މަޖިލިހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަޙްމަދު ޢީސާ ވިދާޅުވީ، ފުށިދިއްގަރު ފަޅުހިއްކުމަށް އެމަަސައްކަތް ހަވާލުކޮށްފައިވާ ފަރާތަށް ފަސޭހަކޮށްދިނުމުގެ ގޮތުން، ހިމާޔަތްކޮށްފައި ސަރަހައްދުތަކުން ވެލި ނެގޭ ގޮތަށް ޤަވާއިދު އިސްލާޙް ކުރުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ. އަދި އެކަމާއި ދެކޮޅަށް ހުރިހާ ފަރާތްތަކުންވެސް މަސައްކަތް ކުރަންޖެހޭ ކަމުގައި އީސަ ވިދާޅުވިއެވެ.

" ޚާއްޞަކޮށް އެންވެރިކަމާއި މަސްވެރިކަމަށް މިކަމުގެ ސަބަބުން ލިބޭ ގެއްލުމަކީ އަޅުގަނޑުމެން ކަންބޮޑުވާކަމެއް. އަޅުގަނޑުމެން ޤަބޫލުކުރާ ގޮތުގައި ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމަކަށްވުމަކީ، އެކަށިގެންވާ ކަމެއް. އަޅުގަނޑު ސަރުކާރަށް ގޮވާލަން މިހާރުން މިހާަރަށް އެޤަވާއިދަށް، ރާޖޫއަށްޓަކައި ޤަވާއިދަށް ގެނައި ބަދަލު އަނބުރާ، ކުރީގައި އޮތް ޤަވާއިދު އޮތް ގޮތަށް ރުޖޫޢަކޮށްދެއްވައި، އެފަދަ ވިޔާނުދާ ކަންތައްތައް ކުރުމުން ދުރުވެ ޤައުމަށް ދިގު މުއްދަތުގައި ލިބޭނެ ގެއްލުންތަކުން ޤައުމު ސަލާމަތްކޮށްދެއްވުމަށް."

އަޙްމަދު ޢީސާ - އެމްޑީޕީ މަޖިލިސް ކެމްޕޭނުގެ ތަރުޖަމާނު --

އަޙްމަދު އީސާ ވަނީ، ސަރުކާރުން މިފަދަ ކަންކަން ކުރިޔަ ނުދިނުމަށް މަސައްކަތް ކޮށްދިނުމަށްވެސް ރައްޔިތުންނާއި މީޑިއާތަކުގެ ކިބައިން އެދިވަޑައިގެންފައެވެ.

ޤަވާއިދުގައި ކުރިން ބަޔާންކޮށްފައި އޮންނަ ގޮތުން، ހިމާޔަތްކޮށްފައިވާ ސަރަހައްދަކާއި، 200 މީޓަރު ކައިރިން ބިން ހިއްކުންފަދަ ކަންކަމަށް ވެލި ނެގުމަކީ މަނާކަމެކެވެ.

ޤަވާއިދަށް މިބަދަލު ގެނައިރު، މިސަރުކާރުން ފެށި އެންމެ ބޮޑު މަޝްރޫޢު ކަމުގައިވާ ރަސްމާލެ މަޝްރޫޢު މިވަގުތު ކުރިޔަށް ނުގެންދެވި ހުއްޓިގައި އޮތީ އެތަން ހިއްކުމަށް ބޭނުންވާ ވެލި ކައިރި ހިސާބަކުން ލިބެން ނެތިގެންނެވެ.

ގަވާއިދު ނަންބަރު 15-އާރ/2013، ދިވެހިރާއްޖޭގެ ރަށްރަށާއި ފަޅުގެ ސަރަހައްދު ހިއްކުމާއި ފުންކުރުމުގެ ގަވާއިދަށް 2 ވަނަ އިޞްލާޙުގެނެސް އެޤަވާއިދު ގެޒެޓްކޮށްފައި ވަނީ އާދިއްތަ ދުވަހުގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.