Advertisement

ފިޠުރު ޒަކާތުގެ ގޮތުގައި ދައްކާފައިވާ ގޮވާމުގެ ބާވަތްތައް-

08 Apr 2024
ޚަބަރު
ޢަލީ ސުލައިމާން

ގޮވާމުގެ ބާވަތްތަކުން މިއަދު ފިޠުރު ޒަކާތް ބަހަން ފަށަނީ

ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ބެހުން މިއަދު ފަށާނެ ކަމުގައި ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ހާމަކުރައްވައިފިއެވެ.

އެއިދާރާއިން ހާމަކޮށްފައިވާ ގޮތުގައި މާލެ ސަރަހައްދުގައި ގޮވާމުން ދައްކާފައިވާ ޒަކާތް ބެހުމުގެ މަސައްކަތް ކުރިޔަށް ގެންދާނީވެސް އަމީނިއްޔާ ސްކޫލުގެ ހޯލުގައެވެ.

މިގޮތުން މާދަމާ ގޮވާމުގެ ބާވަތްތަކުން ޒަކާތް ބަހާނީ، ހެނދުނު 11އިން ހަވީރު 4އަށް އަދި ރޭގަނޑު 8:30 އިން 10:30 އަށެވެ. މީގެ އިތުރުން މާދަމާ، ގޮވާމުގެ ބާވަތްތަކު ފިތުރު ޒަކާން ބަހާނީ، ހެނދުނު 11އިން މެންދުރު ފަހު 3:30އަށް އަދި ރޭގަނޑު 8:30 އިން 10:30އަށް ކަމުގައިވެސް ޒަކާތު ހައުސްއިން ހާމަކުރައްވާފައިވެއެވެ.

ޒަކާތު ހައުސްއިން ހާމަކުރައްވާފައިވާ ގޮތުގައި ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ދޫކުރަމުން ގެންދާނީ، މާލެ ސިޓީގެ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

ގޮވާމުން ފިޠުރު ޒަކާތް ބަލައިގަންނަ އެންމެ ފަހު ވަގުތަކީ، މިއަދު ޝައްވާލު މަހުގެ ހަނދު ނުފެނިއްޖެ ނަމަ މާދަމާގެ މެންދުރު ފަހު، 15:30 ކަމުގައިވެސް ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ވަނީ ކަނޑައަޅުއްވާފައެވެ.

ކޮމެންޓް
އސ
ޒަކާާތްހައްގުވާފަރާތްތައް ވަރައް ރަނގަޅައް ބައްލަވާފަ ތޯޒަކާތް ތިޔަ ބައްސަވަނީ ޔަތީމުކުދިންނުހިމަނާކޮބާތޯ ޒަކާތް ހައްޤުވާބަޔަކީ
08 Apr 2024
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.