Advertisement

އިބްރާހީމް ރަޝީދު (ހޯރަ އިއްބެ) --

12 Apr 2024
ޚަބަރު
ޢަލީ ސުލައިމާން

އިބްރާހީމް ރަޝީދަކީ އިޚްލާސްތެރި ޚިދުމަތްތެރިއެއް: ރައީސް ޞާލިޙް

މިއަދު ކުއްލި ގޮތަކަށް ނިޔާވި އިބްރާހިމް ރަޝީދު (ހޯރަ އިއްބެ)ގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް އެމަނިކުފާނުގެ ތަޢުޒިޔާގެ މެސެޖުގައި ވިދާޅުވީ،  އިބްރާހީމް ރަޝީދު (ހޯރަ އިއްބެ) އަކީ ރާއްޖޭގައި ޑިމޮކްރަސީ ޤާއިމުކުރުމަށް ފެށި ދަތުރުގެ މުހިއްމު ބައިވެރިއެއް ކަމަށެވެ. އަދި އެއީ އެމްޑީޕީ އަށް ގިނަގުނަ އެހީތެރިކަން ފޯރުކޮށްދެއްވި އިހްލާސްތެރި ހިދުމަތްތެރިއެއް ކަމަށާއި ޕާޓީ އުފެދިގެން އައި އިރު ޕާޓީގެ ޕޯޑިއަމްއަށް ވަރަށް ފަރިތަ މޫނެއްކަމުގައިވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ. 

މީގެ އިތުރުން އިބްރާހިމް ރަޝީދަކީ، ކުޅަދާނަ ލިޔުންތެރިއެއް އަދި އެހާމެ ހުނަރުވެރި ވާހަކަދެއްކުންތެރިއެއްކަންވެސް ރައީސް ޞާލިޙްގެ މެސެޖުގައި ވަނީ ފާހަގަކުރައްވާފައެވެ.

ކުއްލި ގޮތަކަށް އިބްރާހީމް ރަޝީދު މިއަދު ނިޔާވީ، މިއަދު މެންދުރުކުރީގައި އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލްގައެވެ. އިބްރާހީމް ރަޝީދުގެ ޖަނާޒާ އޮންނާނީ މާދަމާ ހުޅުމާލެ ސަހަރާގައެވެ. މިގޮތުން މާދަމާ ހެނދުނު 8:30 އިންފެށިގެން މޫނު ދެއްކުން ކުރިޔަށްދާނެ ކަމަށާއި، ކަށުނަމާދު އޮންނާނީ މާދަމާގެ ޢަޞުރު ނަމާދަށް ފަހުގައި، ހުޅުމާލެ ސަހަރާ މިސްކިތް، މަސްޖިދުއް ޒައިދު ބިން ޘާބިތުގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.