Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ---

12 Apr 2024
ޚަބަރު
ޢަލީ ސުލައިމާން

ޚިޔާލު ތަފާތުވާ ބަޔަކު ތިބެގެން ތަރައްޤީއެއް ނުގެނެވޭނެ: ރައީސް ޑރ. މުޢިއްޒު

ރައްޔިތުންގެ މަޖިލީހުގައި ސަރުކާރާއި ޚިޔާލު ތަފާތު މެމްބަރުން ތިބެގެން ތަރައްޤީ ނުގެނެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ހަވީރު އައްޑޫ ސިޓީއަށް ވަަޑައިގެން މިރޭ އައްޑޫ ސިޓީ ހައިސްކޫލުގައި އައްޑޫގެ ދާއިރާތަކަށް ވާދަކުރާ ކެންޑިޑޭޓަކުންނާއި ރައްޔިތުންނާއި އެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުގެ މިވީ ހަތަރު މަސްދުވަހުގެ ތެރޭގައި ތަރައްޤީގެ މަޝްރޫއުތައް ކުރިޔަށް ނުގޮސްގެން އުޅެނީ ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ނެތުމުން ކަމަށެވެ. އެހެންވެ މަޖިލީހުގެ މެޖޯރިޓީ ނެތި ސަރުކާރަށް ތަރައްޤީގެ މަޝްރޫއުތައް ނުހިންގޭނެ ކަމަށާއި އެހެންކަމުން، ޗޮއިސް އޮތީ ރައްޔިތުންގެ އަތްމަތީގައި ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އައްޑޫ ސިޓީގެ ތަރައްޤީ ކަށަވަރުވާނީ، ސަރުކާރުން ދައްކާ 8 މެމްބަރުން ހޮވައިގެން ކަމަށެވެ.

"އަޅުގަނޑަށް ޔަޤިން ވަނީ އަޅުގަނޑުމެންގެ 8 މެމްބަރުން ހޮވައިފިއްޔާ، އަޅުގަނޑުމެން މިބޭނުންވާ، ރައްޔިތުން ތިޔަ ބޭނުންވެ ލައްވާ ސްޕީޑުގައި ބާރު ސްޕީޑުގައި ތަރައްޤިގެނެސް ހާސްިލްކޮށް ނިންމޭނެކަމަށް. އެހެންވީމަ މީގައި ރިސްކެއް ނަގަންވީ އެއްވެސް ސަބަބެއް ނެތް. އެހެންވީމާ އެގޮތުގައި ކުރިޔަށް ވަޑައިގެންފިއްޔާ އިރާދަކުރެއްްވިއްޔާ މިކަންކަން ވާނެ."

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވާހަކަފުޅުގައި ވިދާޅުވީ، އެމަނިކުފާނުގެ ވިސްނުންފުޅަކީ ދައުރުގެ ފަހިކޮޅުގައި މަޝްރޫޢުތައް ފެށުމުގެ ބަދަލުގައި ވީހާވެސް އަވަހަށް މަޝްރޫއުތައް ފެށުން ކަމަށެވެ. މިގޮތުން މިވީ ހަތަރު މަސްދުވަހުގެ ތެރޭގައި އައްޑޫގައި ގިނަ މަސައްކަތްތަކެއް ފެށި އަދި ބައެއް މަސައްކަތްތައް ފެށުމަށް ތައްޔާރުވެފައިވާ ކަމަށެވެ. މިގޮތުން އައްޑޫ ބުރިޖުގެ މަސައްކަތް ފެށިފައިވާ ކަމަށާއި، މިއަހަރު ނިމުމުގެ ކުރިން ބުރިޖު އެޅުމުގެ އަމަލީ މަސައްކަތް ފެށޭނެ ކަމުގައިވެސް ވިދާޅުވިއެވެ. މީގެ އިތުރުން، ފެނާ ނަރުދަމާގެ އަޕްގްރޭޑް ކުރުމުގެ މަސައްަކަތް އަންނަ ހަފްތާގައި ހަވާލު ކުރެވޭނެ ކަމުގައިވެސް ވިދާޅުވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.