Advertisement

ރައީސުލްޖުމްހޫރިއްޔާ ދެކުނަށް ފެއްޓެވި ދަތުރުފުޅުގައި ކައްދޫއަށް ވަޑައިގެންނެވުން ---

11 Apr 2024
ޚަބަރު
ޢަލީ ސުލައިމާން

މަޖިލިސް ކެމްޕޭނަށް ރައީސް މުއިއްޒު، ހައްދުންމައްޗާއި އައްޑުއަށް!

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ވަގުތު ކުޑަތަންވަމުން އަންނައިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހައްދުންމައްޗާއި އައްޑޫ ސިޓީއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް މިއަދު ފައްޓަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން، ހާމަކޮށްފައިވާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ، ރަސްމީ ދަތުރުފުޅެކެވެ. އެހެން ނަމަވެސް މިދަތުރުފުޅުގައި އެމަނިކުފާނު ކުރައްވާނެ ރަސްމީ ކަންކަމުގެ ގޮތުގައި، އެއޮފީހުން ފާހަގަކުރައްވާފައި ވަނީ، އެ ރަށްރަށުގެ ރައްޔިތުންނާއި ކައުންސިލްތަކާއި އ.ތ.މ. ކޮމިޓީތަކާ ބައްދަލުކުރައްވައި، އެރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުން ކަމަށެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާއިރު، އެރަށްރަށް ހިމެނޭ ދާއިރާތަކަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސަރުކާރު ހިންގާ ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވާ ފަރާތްތަކުންވެސް ބައިވެރިވަމުން ދެއެވެ. އަދި ރައްޔިތުންނާއި ބައްދަލުކުރައްވައި ދައްކަވާ ވާހަކަފުޅުތަކާއި ކައުންސިލްތަކާއި އ.ތ.މ ކޮމިޓީތަކާއި އެކު ބާއްވަވާ ބައްދަލު ކުރެއްވުންތަކުގައި ސަރުކާރަށް މަޖިލިސް ހޯދުމަށް ރައީސް ޑރ. މުއިއްޒު ގެންދަވަނީ ކެމްޕޭން ކުރައްވަމުންނެވެ.

ރައީސް އޮފީހުން ހާމަކުރައްވާ ގޮތުގައި، ރައީސް ޑރ. މުއިއްޒުގެ މިދަތުރުފުޅުގައި މިއަދު ލ އަތޮޅުގެ ރަށްރަށަށް ޒިޔާރަތް ކުރެއްވުމަށްފަހުގައި މާދަމާ ވަޑައިގަންނަވާނީ އައްޑޫ ސިޓީއަށެވެ.

އައްޑޫ ސިޓީއަށް މިއަދު ކުރީގެެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްވެސް ވަނީ ވަޑައިގެންފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.