Advertisement

ޕިއެންސީ ކެންޑީޑޭޓްކެމްޕޭން ބައްދަލުވުމުގައި، އަހުމަދު އަބްދުއްރަހުމާން (ހަންޓާ އަހުމަދު) ވާހަކަދައްކަނީ ---

13 Apr 2024
ޚަބަރު
ޢަލީ ސުލައިމާން

ސަރުކާރުގެ ކެންޑިޑޭޓުންނަށް ވޯޓު ނުދޭ ސަރުކާރު މުވައްޒަފުން ވަޒީފާތަކުން ވަކިކުރަން ޕީއެންސީގެ މެމްބަރަކު ގޮވާލައިފި

ސަރުކާރުގެ ކެންޑިޑޭޓުންނަށް ވޯޓު ނުދޭ ސަރުކާރު މުވައްޒަފުންނާއި ކުންފުނިތަކުގެ ވަޒީފާތަކުން ވަކިކުރަން ޕީއެންސީގެ މެމްބަރަކު ގޮވާލައިފިއެވެ.

ރޭ ހިންނަވަރުގައި ޕީއެންސީން ބޭއްވި ޖަލްސާގައި އެކަމަށް ގޮވާލާފައި ވަނީ، ހިންނަވަރު ދާއިރާއަށް ޕީއެންސީގެ ޓިކެޓްގައި ވާދަކުރާ ކެންޑިޑޭޓްގެ ކެމްޕޭނުގައި އިސްކޮށް މަސައްކަތް ކުރާ ހިންނަވަރު އަޅިވިލާގޭ،  އަހުމަދު އަބްދުއްރަހުމާން (ހަންޓާ އަހުމަދު)އެވެ. 

އޭނާ ވަނީ، ހިންނަވަރު ދާއިރާއަށް ވާދަކުރާ ސަރުކާރުގެ ކެންޑިޑޭޓަށް ވޯޓު ނުދޭ ފެލިވަރު ކާރުޚާނާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވަޒީފާގެ ބިރު ދެއްކުމަށް ގޮވާލައި ވާހަކަ ދައްކާފައެވެ. 

ޕީއެންސީ ބޭއްވި ކެމްޕޭން އެއްވުމުގައި، އަހުމަދު އަބްދުއްރަހުމާން (ހަންޓާ އަހުމަދު)  ދެއްކިވާހަކަ --

"ކުންފުނީގައި މަސައްކަތް ކުރާ ބޭބޭފުޅުންނަށް، އަދިކޮޅު ފަރާތްތަކުގެ ބޭބޭފުޅުން ކަމުގައި ވިޔަސް، އެބޭފުޅުންނަށް ސަރުކާރުގެ ފަރާތްތަކުން އެބަޖެހޭ، ގުޅުއްވައިގެން ނަމަވެސް އަޅުގަނޑުމެންނަށް އެއްބާރުލުން ދޭނެ ވާހަކަ ދަންނަވައިގެން، އަޅުގަނޑުމެންނާއި ގުޅިވަޑައިނުގެންފި ކަމަށް ވާނަމަ، އަޅުގަނޑުމެން އަޅަންޖެހޭ ފިޔަވަޅުތަކެއް އެބަޖެހޭ އަޅަން. މިކަން ކޮށްގެންނޫނީ އަޅުގަނޑުމެންނަށް މި ކާމިޔާބު ކުރުމަށް ދަތިތަކެއް އެކުލެވިގެން ހިނގައިދާނޭ. އެހެންވީމާ އަޅުގަނޑު މިނިސްޓަރުގެ އަރިހުންވެސް އެދެނީ، ރައީސަށް ދަންނަވައިގެންވެސް ފެލިވަރުގައި މަސައްކަތް ކުރާ މީހުން، ޚާއްޞަކޮށް ފެލިވަރުގައި މަސައްކަތް ކުރާ މީހުން، ކޮންޓްރޯލް ކުރުމުގެ ބާރެއް އަޅުގަނޑުމެންގެ ކެންޑިޑޭޓަށް ދީގެން، ވަޒީފާތަކާއި އެއްޗެހި ފުރުޞަތު އަޅުގަނޑުމެންނަށް ލިބޭނެ ކަހަލަ ގޮތަކަށް، މަގުފަހިކޮށްދިނުން."

އަހުމަދު އަބްދުއްރަހުމާން - ޕީއެންސީގެ މެމްބަރު

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ކާމިޔާބު ކުރުމަށް ސަރުކާރުން ގެންދަނީ ދައުލަތުގެ ވަސީލަތްތައް ނުހަމަ ގޮތުގައި ބޭނުންކޮށް، އަދި ވަޒިފާގެ ބިރުދައްކައި، ރިޝްވަތުގެ ގޮތުގައި ފައިސާ ބަހަމުން ކަމުގައި، އިދިކޮޅު ފަރާތްތަކުން ވަނީ ބުނެފައެވެ. 

އަދި އެކަންކަން ސާބިތުކުރެވޭ ހެކިތައް ފެންނަން ހުރި އިރު ކަމާއި ބެހޭ ފަރާތްތަކުގައި އެކަމާއި ގުޅިގެން ފިޔަވަޅު އެޅުމަށްވެސް އިދިކޮޅު ފަރާތްތަކުން ވަނީ ގޮވާލާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.