Advertisement

ޖަގަހަ ހުޅުވުި ވަގުތު ސަންޓޯގެ ސަޕޯޓަރުން މުޒާހަރާ ކުރަނީ ---

11 Apr 2024
ޚަބަރު
ޢަލީ ސުލައިމާން

ޕީއެންސީގެ ޓިކެޓް ލިބުނު ކެންޑިޑޭޓް ބާކީކޮށްފައި އަމިއްލަ ކެންޑިޑޭޓަކަށް ސަރުކާރުން ތާއީދު ކުރާތީ ނުރުހުންފާޅުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޕްރައިމަރީީގައި ޕީޕީއެމް ޕީއެންސީގެ ތިމަރަފުށީ ދާއިރާގެ ޓިކެޓް ކާމިޔާބު ކުރި، އިބްރާހިމް ސަނާޙް (ސަންޓޯ)ގެ ސަޕޯޓަރުން އެކަމާއި ދެކޮޅު ހަދައި މުޒާހަރާކޮށްފިއެވެ.

ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ތިމަރަފުށީ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވާ އަޙްމަދު ރިޔާޒަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތާއީދު ކުރައްވައި އަދި ޕީއެންސީގެ އިސްބޭފުޅުންވެސް ރިޔާޒަށް ކެމްޕޭން ކޮށްދެމުންދާތީ އެކަމާއި ގުޅިގެން ވަނީ މައްސަލަ ގޯސްވެފައެވެ. 

މިއަދު ތިމަރަފުށީގައި އަޙްމަދު ރިޔާޒުގެ ޖަގަހަ ހުޅުވި އިރުގައިވެސް، ސަންޓޯއަށް ތާއީދުކުރާ ފަރާތްތަކުން ވަނީ އެކަމާއި ދެކޮޅު ހަދައި މުޒާހަރާކޮށް އިހްތިޖާޖުކޮށްފައެވެ. ތިމަރަފުށީ އަޙްމަދު ރިޔާޒުގެ ޖަގަހަ ހުޅުއްވައި ދެއްވީ، ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމާއި ހެލްތު މިނިސްޓަރ ޑރ. ޢަބުދުﷲ ޚަލީލެވެ.

ޕްރައިމަރީގައި ޕާޓީގެ ޓިކެޓް ކާމިޔާބު ނުވި ބައެއް ބޭފުޅުން އަމިއްލަ ގޮތުން އިންތިޚާބަށް ވާދަކުރައްވާއިރު ސަރުކާރުން ގެންދަނީ، ޕާޓީ ޓިކެޓް ލިބުނު ކެންޑިޑޭޓު އެއްފަރާތްކޮށް، ސަރުކާރުން ބޭނުންވާ ކެންޑިޑޭޓުން އަމިއްލަ ކެންޑިޑޭޓުންގެ ގޮތުގައި ނެރެ އެބޭފުޅުން ހޮވުމަށް މަސައްކަތް ކުރަމުންނެވެ. އަދި ސަރުކާރުން ބޭނުންވާ ކެންޑިޑޭޓުން ހޮވުމަށްޓަކައި، ޕާޓީ ޓިކެޓް ލިބުނު ކެންޑިޑޭޓުން އިންތިޚާބު ދޫކޮށްލުމަށްވެސް ބައެއް ދާއިރާތަކުގެ ކެންޑިޑޭޓުންނަށް މަޖުބޫރުކޮށްފައިވެއެވެ.

ޕީއެންސީގެ ޕްރައިމަރީގައި ވާދަކޮށް ޓިކެޓް ލިބުނު ކެންޑިޑޭޓަށް ސަރުކާރާއި ޕާޓީން ތާއީދު ނުކުރި ސަބަބެއް އެނގިފައެއް ނުވެއެވެ. އެހެން ނަމަވެސް ޕީއެންސީ އާއި ސަރުކާރުގެ މިއަމަލުތަކަކީ، ޑިމޮކްރެސީގެ ރޫޙާއި މުޅިން ޚިލާފު އަމަލުތަކަކަށްވާތީ އެކަމާއި ގުޅިގެން އިދިކޮޅު ފަރާތްތަކުންނާއި ސަރުކާރު ހިންގާ ޕާޓީގެ މެމްބަރުންގެ ފަރާތުންވެސް ސަރުކާރަށް ފާޑުކިޔުންތައް އަމާޒުވެފައި ވެއެވެ. ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ގޮނޑީގައި މިހާރު އިންނެވީ، ސަރުކާރުން ތާއީދުކުރާ އަޙްމަދު ރިޔާޒުގެ ކޮއްކޮ، ޢަބްދުﷲ ރިޔާޒެވެ.

އެދާއިރާގެ ގޮނޑި ކާމިޔާާބު ކުރާނެކަމަށް ބެލެވިފައި ވަނީވެސް އަޙްމަދު ރިޔާޒެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.