Advertisement

އެޗްއާރްސީއެމްގެ ބައްދަލުވުމެއްގެ ތެރެއިން ---

15 Apr 2024
ޚަބަރު
ޢަލީ ސުލައިމާން

ވޯޓަށް ނުފޫޒު ފޯރުވުމުގެ ގޮތުން ވަޒީފާގެ ބިރުދައްކަމުންދާތީ އެޗްއާރްސީއެމުން ކަންބޮޑުވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ގުޅިގެން، ވަޒީފާގެ ބިރުދެއްކުމާއި ވަޒީފާއިން ވަކިކުރުމާއި، އަދި ވަކި ކެންޑިޑޭޓަކަށް ތާއީދުކުރާ ފަރާތްތަކަށް ވަޒީފާ ދިނުމުގެ ކަންކަން ހިންގަމުންދާތީ އެކަމާއި މެދު ކަންބޮޑުވާ ކަމުގައި އެޗްއާރްސީއެމްއިން ބުނެފިއެވެ.

އެޗްއާރްސީއެމްއިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ވަކި ކެންޑިޑޭޓަކަށް ތާއީދު ހޯދުމުގެ ގޮތުން ވޯޓަށް ނުފޫޒް ފޯރުވުމަށް ވަޒީފާ ދިނުމާއި، އަދި ވަކި ކެންޑިޑޭޓަކަށް ތާއީދު ކުރުމުން ވަޒީފާގެ ބިރު ދެއްކުން ފަދަ އިންތިޚާބަށް ނުފޫޒް ފޯރުވުމުގެ އަމަލުތައް ހިނގަމުންދާ ކަމުގެ މައުލޫމާތު އެކޮމިޝަނަށް ލިބެމުން ދަނީ، މީޑިޔާތަކުންނާއި މީސްމީޑިއާއިން ކަމަށެވެ. އަދި އެކަން ކަން ހަރުކަށި އިބާރާތުން ކުއްވެރިކުރާ ކަމަށާއި، އެކަން ކުރާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމަށް ކަމާއި ގުޅުން ހުރި މުއައްސަސާތަކަށް ގޮވާލާކަމުގައި، އެޗްއާރްސީއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ކެންޑިޑޭޓުންނާ ގުޅޭ ގޮތުންނާއި ސިޔާސީ ޕާޓީތަކާއި ގުޅޭ ގޮތުން ޙަޤީޤަތާއި ޚިލާފު ދޮގު ވާހަކަތައް ގަސްދުގައި ގެއްލުން ދިނުމަށްޓަކައި ނުވަތަ ގަސްދުގައި ގެއްލުން ދިނުމުގެ ނިޔަތެއް ނެތި ނަމަވެސް ފަތުރަމުންދާ ކަމާއި، ރިޝްވަތު ދިނުމާއި ވޯޓު ގަނެވިއްކުމާއި ވަޒީފާގެ ބިރު ދެއްކުމާއި ކެމްޕެއިން ޕޯސްޓަރު ތަކަށް ގެއްލުން ދިނުމާއި، ކެމްޕެއިނަށް ހުރަސް އެޅުންފަދަ ކަންކަން ހިނގަމުންދާ ކަމުގެ މައުލޫމާތުވެސް ލިބެމުން އަންނަ ކަމުގައި އެޗްއާރްސީއެމުން ވަނީ ބުނެފައެވެ. އަދި އެފަދަ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމަށާއި، އެފަދަ ކަންކަމުން ދުރުހެލިވުމަށްވެސް އެޗްއާރްސީއެމްއިން ވަނީ ގޮވާލާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.