Advertisement

ވަޒީފާ އާއި ބެހޭ ޓްރައިބިއުނަލަށް މެމްބަރުން ޢައްޔަނުކުރެއްވުން ---

15 Apr 2024
ޚަބަރު

ވަޒީފާ އާއި ބެހޭ ޓްރައިބިއުނަލަށް މެމްބަރުން އައްޔަނުކުރައްވައިފި

ވަޒީފާ އާއި ބެހޭ ޓްރައިބިއުނަލްގެ ރައީސާ ނައިބު ރައިސް ހިމެނޭ ގޮތުން އެ ޓްރައިބިއުނަލަށް 5 މެމްބަރުން ޢައްޔަނު ކުރައްވައި އެބޭފުޅުންނަށް މަޤާމުގެ ލިޔުން މިއަދު ހަވާލުކޮށްދެއްވައިފިއެވެ.

މިރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު މެންދުރު ކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ވަޒީފާ އާއި ބެހޭ ޓްރައިބިއުނަލްއަށް ޢައްޔަނު ކުރައްވާފައި ވަނީ، 

1- އަލްއުސްތާޛު އިސްޙާޤު ޙުސައިން / ގްލޯރީގެ، ދަޑިމަގު، ޏ.ފުވައްމުލައް. (ޓްރައިބިއުނަލްގެ ރައީސް)

2- އަލްއުސްތާޛާ ފާޠިމަތު މަހީރާ މުޙައްމަދު / ހިޔާވަހި، ޅ. ހިންނަވަރު (ޓްރައިބިއުނަލްގެ ނައިބު ރައީސް)

3- އަލްއުސްތާޛާ ޝަހީމާ ސަލީމް /  ހިޔާ 04-21-8، ހުޅުމާލެ 

4- އަލްއުސްތާޛާ އިޝާރާ ޢަބްދުލްޢަޒީޒު / ފެހިކުރި ، ގއ. ގެމަނަފުށި

5- އަލްއުސްތާޛާ ސައުސަން ޢަލީ / ދަފްތަރު ނަންބަރު ދރ 265

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމުގެ ހުވައިލާދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިނެވެ. އަދި ހުވައިކުރުމަށްފަހުގައި އެމެމްބަރުންނަށް މަޤާމުގެ ލިޔުން ހަވާލުކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.