Advertisement

ހޯމް މިނިސްޓަރ ޢަލީ އިޙްސާން --

15 Apr 2024
ޚަބަރު
ޢަލީ ސުލައިމާން

ހޯމް މިނިސްޓަރާއި ފުލުހުންގެ އިސްވެރިންގެ މައްޗަށް ކޯޓު ހުރުމަތް ކެނޑުމުގެ މައްސައްލައެއް ހިންގަނީ

ހޯމް މިނިސްޓަރާއި ފުލުހުންގެ އިސްވެރިންގެ މައްޗަށް ކޯޓު ހުރުމަތް ކެނޑުމުގެ މައްސަލައެއް ހިންގުމުގެ މަސައްކަތް ފަށައިފިއެވެ.

މިގޮތުން ކްރިމިނަލްކޯޓުން މީޑިއާތަކަށް ބުނެފައި ވަނީ އެފަދަ މައްސަލައެއް އެކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް އެޖެންޑާކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް އެކަމާއި ގުޅޭ ތަފްސީލެއް ހާމަކޮށްފައެއް ނުވެެއެވެ.

ހޯމް މިނިސްޓަރު ޢަލީ އިޙްސާނާއި، ފުލުހުންގެ އިސްވެރިންގެ ތެރޭގައި ހިމެނޭ ބޭފުޅުންތަކެއްގެ މައްޗަށް ކޯޓު ހުރުމަތް ކެނޑުމުގެ މައްސަލައެއް ކުރިޔަށް ގެންދިޔުމަށް އެކޯޓު ފަނޑިޔާރުންގެ މަޖިލީހަށް ހުށައަޅާފައި ވަނީ، އެކޯޓުން ބަލައި ޙުކުމްކޮށްފައިވާ 119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި، ހޯމް މިނިސްޓްރީ އާއި ފުލުހުން، ކޯޓުގެ ޙުކުމަށް ފާޑުކިޔައި ވާހަކަފުޅު ދެއްކެވި ކަމަށް ބަަލައިގެންކަމަށް އެނގިފައިވެއެވެ.

އެމައްސަލައިގައި ދައުވާ އުފުލި މީހުންގެ މައްޗަށް ކުށް ސާބިތު ނުވާކަން ކްރިމިނަލް ކޯޓުން ކަނޑައަޅާފައި ވަނީ، އެމައްސަލަ ސާބިތުވާ ވަރަށް ހެއްކި ހުށައަޅާފައި ވަނިކޮށް ކަމަށް އެދުވަހު ހޯމް މިނިސްޓަރު ވިދާޅުވި އިރު، އެމައްސަލައިގައި ފުލުހުން އަމަލުކުރި ގޮތާއި ގުޅޭ ގޮތުން ފުލުހުންގެ މުއައްސަސާއިން ތައްޔާރުކޮށްފައިވާ ވީޑިއޯ ރިޕޯޓެއްވެސް ފުލުހުން ވަނީ އާއްމުކޮށްފައެވެ.

އެމައްސަލަ އާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރ ޢަލީ އިޙްސާން ވިދާޅުވެފައި ވަނީ، ކުށުގެ ބޮޑެތި މައްސަލަތައް ކޯޓުން ނިންމުމަށްފަހު އެކަމާއި ގުޅޭ ގޮތުން ފުލުހުން ކުރި މަސައްކަތްތަކާއި، ހެކިތައް ހާމަކުރެއްވުމަށް ނިންމަވާފައިވާ ކަމަށާއި، 119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ އާއި ގުޅޭ ތަހްޤީޤީ މައުލޫމާތުތަކާއި، އެމައްސަލަ ކުރިޔަށް ދިޔަގޮތް ހާމަކުރުމަކީ އެގޮތުން ބޭއްވޭ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުން ކަމަށެވެ.

ކޯޓު ހުރުމަތް ކެނޑުމުގެ މައްސަލަ ހިންގުމަށް ކްރިމިނަލްކޯޓުން މަސައްކަތް ކުރަމުންދަނީ، ހޯމް މިނިސްޓަރާއި އެކު އެދުވަހު ފުލުހުން ބޭއްވި ނޫސްކޮންފަރެންސްގައި ބައިވެރިވެފައިވާ ފަރާތްތަކުގެ މައްޗަށެވެ. އެދުވަހުގެ ނޫސްކޮށްފަރެންސްގައި ބައިވެރިވެފައި ވަނީ، ހޯމް މިނިސްޓަރ ޢަލީ އިޙްސާންގެ އިތުރުން، ޑްރަގް އެންފޯސްމަންޓް ޑިޕާޓްމެންޓްގެ ހެޑް އަހުމަދު ޝާކިރާއި ޗީފް އިންސްޕެކްޓަރު އަހުމަދު ވަހީދާއި، ސަބް އިންސްޕެކްޓާ އޮފް ޕޮލިސް މަމްދޫހު ހަސަންއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.