Advertisement

ޕީއެންސީގެ ކެމްޕޭނު ހަރަކާތެއްގެ ތެރެއިން ---

13 Apr 2024
ޚަބަރު
ޢަލީ ސުލައިމާން

ވަކި ފަރުދަކު ފާޅުކުރާ ޚިޔާލަކީ ޕާޓިގެ ސިޔާސަތެއް ނޫން: ޕީޕީއެމް ޕީއެންސީ

ވަޒީފާގެ ބިރުދައްކައިގެންނާއި، މީހުންނަށް ވަޒީފާތައް ދީގެން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ހިންނަވަރު ދާއިރާގެ ކެމްޕޭނު ޖަލްސާގައި، ސަރުކާރު ކެންޑިޑޭޓްގެ ސަޕޯޓަރަކު ގޮވާލައި ހިންގި ޣައިރުޤާނޫނީ ޢަމަލަކީ، ފާޅުކުރި ޚިޔާލެއްގެ ގޮތުގައި ސިފަކޮށް، ވަކިފަރުދަކު ފާޅުކުރާ ޚިޔާލަކީ، ޕާޓީގެ ސިޔާސަތެއް ނޫންކަމަށް ޕީޕީއެމް ޕީއެންސީން ބުނެފިއެވެ.

އެއަމަލު ކުއްވެރިކޮށް އެމްޑީޕީން ނެރުނު ނޫސް ބަޔާނަށް ރައްދުދީ، ޕީޕީއެމް ޕީއެންސީން މިރޭ ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް މިސަރުކާރުން ރައްޔިތުންނަށް ވަޒީފާގެ ބިރު ދައްކަމުން ގެންދާކަމަށް ބުނެ އެމްޑީޕީން ނެރެފައިވާ ބަޔާނަކީ، މުޅިން ހަޤީޤަތާއި ޚިލާފު ބަޔާނެއް ކަަމަށެވެ.

ޕީޕީއެމް ޕީއެންސީންގެ ބަޔާނުގައި ބުނީ، ސަރުކާރުން ރައްޔިތުންގެ ތާއީދާއި ލޯބި ހޯދާނީ ރައްޔިތުން އެދޭ ތަރައްޤީ ގެނެސްދީގެން އަދި ރައްޔިތުންގެ އަޑު އަހައިގެން ކަމަށެވެ. އަދި ސިޔާސީ ކަންކަމުގައި ބައިވެރިވާ ފަރާތްތައް ވަޒީފާއިން ވަކިކުރުމާއި ހައްޔަރު ކުރުމަކީ މިސަރުކާރުން ކުރާނެ ކަމެއް ނޫންކަމުގައިވެސް ޕީޕީއެމް ޕީއެންސީން ނެރެފައިވާ ބަޔާނުގައި ވަނީ ބުނެފައެވެ. އެބަޔާނުގައި އެގޮތަށް ބުނެފައި ވީނަމަވެސް ސަރުކާރުގެ ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުން އިދިކޮޅު ކެންޑިޑޭޓުންނައް ތާއީދު ކުރުމުން، ވަޒީފާއިން ސަސްޕެންޑް ކުރުމާއި މަޤާމުދަށްކުރުމާއި އަދި ވަޒީފާއިން ވަކިކުރުމުގެ މައްސަލަތައް މިފާއިތުވި ދެމަސްދުވަހުގެ ތެރޭގައިވެސް ވަނީ ފެންމަތި ވެފައެވެ.

ރޭ ހިންނަވަރުގައި ޕީއެންސީން ބޭއްވި ޖަލްސާގައި ސަރުކާރުގެ ކެންޑިޑޭޓުންނަށް ވޯޓު ނުދޭ ސަރުކާރު މުވައްޒަފުންނާއި ކުންފުނިތަކުގެ ވަޒީފާތަކުން ވަކިކުރަން ގޮވާލާފައި ވަނީ، ހިންނަވަރު ދާއިރާއަށް ޕީއެންސީގެ ޓިކެޓްގައި ވާދަކުރާ ކެންޑިޑޭޓްގެ ކެމްޕޭނުގައި އިސްކޮށް މަސައްކަތް ކުރާ ހިންނަވަރު އަޅިވިލާގޭ، އަހުމަދު އަބްދުއްރަހުމާން (ހަންޓާ އަހުމަދު)އެވެ

ކޮމެންޓް
އިއްބެ
ދެންވާނީކޮންބައެއްގެސިޔާސަތަކަށް ތިޔަގޮވެނީމޮޔަ
13 Apr 2024
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.