Advertisement

19 ވަނަ ރައްޔިތުންގެ މަޖިލިސް

23 Apr 2024
ޚަބަރު
ޢަލީ ސުލައިމާން

އައު މަޖިލިސް ހުވާކުރުން މެއި 28ގައި

20 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުގެ ވަޑައިގެންނެވި މެމްބަރުން ހުވާކުރުން އޮންނާނީ، އަންނަ މެއި މަހުގެ 28 ވަނަ ދުވަހުގައި ކަމުގައި ރައްޔިތުންގެ މަޖިލީހުން ހާމަކުރައްވައިފިއެވެ.

މިއަދު ކުރިޔަށްދާ ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ 21 ވަނަ ޖަލްސާގައި، މަޖިލީހުގެ އެޖެންޑާ އިއުލާނު ކުރެއްވުމަށްފަހުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވިދާޅުވީ، މަޖިލީހުގެ އައު ދައުރަށް މެމްބަރުން ހުވާކުރެއްވުން އޮންނާނީ މެއި 28 ވަނަ ދުވަހުގައި ކަމަށެވެ. އެދުވަހަކީ މިހާރު އޮތް ރައްޔިތުންގެ މަޖިލީހުގެ ދައުރު ހަމަވެ އުވިގެންދާ ދުވަހެވެ.

ރައްޔިތުންގެ މަޖިިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް ވަނީ އަލަށް އިންތިޚާބުވި މެމްބަރުންނާއި ގޮނޑި ދިފާޢުކުރެއްވި މެމްބަރުންނަށް މަރުޙަބާ ވިދާޅުވެފައެވެ.

އާދިއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން ވަނީ ބޮޑު ކާމިޔާބެއް ހޯދާފައެވެ. އެޕާޓީން މަޖިލީހުގެ ސުޕަރ މެޖޯރިޓީ ހޯދާފައިވާ ކަމަށް ބެލެވޭއިރު، މަޖިލީހުގެ ސާފު އަޤުލަބިއްޔަތު ޕީއެންސީން ވަނީ ކަށަވަރުކޮށްފައެވެ. އަދި މަޖިލީހަށް އަމިއްލަ ގޮތުން ވާދަކޮށް އިންތިޚާބުވި ކެންޑިޑޭޓުންގެ ތެރޭގައި ސަރުކާރުން ތާއީދު ދިން މެމްބަރުން ހިމެނޭއިރު، އަމިއްލަ ފަރާތްތަކުން ކާމިޔާބު ކުރި ގޮނޑިތައް ހިމެނުމުން ޤާނޫނު އަސާސީ އިސްލާޙުކުރުމަށް ބޭނުންވާ 69 ވޯޓާއި އެކު ސަރުކާރަށް މަޖިލީހުގެ ސުޕަރ މެޖޯރިޓީ ކަށަވަރުވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.