Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު --

23 Apr 2024
ޚަބަރު
ޢަލީ ސުލައިމާން

މަޖިލިސް އިންތިޚާބުގެ ކާމިޔާބީއާއެކު ރައީސްގެ ނުސީދާ ބަހުގެ ހަމަލާއެއް އިންޑިއާއަށް!

އާދީއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސަރުކާރު ހިންގާ ޕާޓީ ޕީއެންސީއަށް ލިބުނު އާދަޔާއި ޚިލާފު ބޮޑު ކާމިޔާބީއަށް ފަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އަނެއްކާވެސް ނުސީދާ ބަހުގެ ހަމަލާއެއް އިންޑިއާއަށް ދެއްވައިފިއެވެ.

ސަރުކާރަށް މަޖިލިސް އިންތިޚާބުގައި ލިބުނު ބޮޑު ކާމިޔާބީ ފާަހަގަ ކުރުމަށް ހޯމަ ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ދިވެހިން ތިބިގޮތް ބައިނަލް އަޤުވާމީ މުޖުތަމައަށާއި ޤައުމުތަކަށް މިހާރު ސާފު ވާނެ ކަމަށެވެ. އެގޮތަކީ، ދިވެހިންގެ ކަންކަން ދިވެހިން ނިންމުން ކަމުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގެ ކުރިންނާއި އޭގެ ފަހުންވެސް ރައީސް ޑރ. މުއިއްޒު ވަނީ ރާއްޖޭގެ ދާޚިލީ ކަންކަމާއި އިންޑިއާއިން ބެހޭ ކަމުގައި ތުހުމަތު ކުރައްވާފައެވެ. އަދި އެމަނިކުފާނުގެ ރިޔާސީ ކެމްޕޭނުގެ މައިގަނޑު އެއް ވައުދަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލުން ކަމަށް ވާއިރު، މިހާރު ވަނީ ޔުނީފޯމްއެޅި އިންޑިއާ ސިފައިން ފޮނުވާލައި، އިންޑިއާގެ އާއްމުން ކުރިން އިންޑިއާ ސިފައިން ތިބި މަޤާމުތަކުގައި ބައިތިއްބާފައެވެ.

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންގެ ވިސްނުން ޤަބޫލު ނުކުރާ ފަރާތްތަކަށްވެސް ރާއްޖޭގެ ރައްޔިތުން ތިބި ގޮތް ސާފުވާނޭ ކަމަށެވެ.

ރައީސް ޔާމީނު އިސްވެ ހުންނަވައި ފެއްޓެވި އިންޑިއާ އައުޓް ކެމްޕޭނަކީ، ޒަމާނުއްސުރެ ދިވެހިރާއްޖެ އާއި އިންޑިއާ އާއި ދެމެދު އޮތް ގުޅުންތަކަށް ކިލަނބުކަން ގެނުވި ކަމެކެވެ. އަދި އިންޑިއާ އާއި ގުޅުވައި، ސިޔާސީ ފަރާތްތަކުން ފަތުރާ ވާހަކަތައް އާއްމުން ޤަބޫލުކުރާކަން ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބުގައިވެސް މިވަނީ ފެނިގެން ގޮސްފައި ކަމުގައި ސިޔާސީ ދާއިރާގެ ބައެއް ބޭފުޅުން ފާހަގަކުރައްވާފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.